Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 4 - ކިތާބުލް މުޤައްދަސާ


ސުވަރުގޭގައި އަޅުކަންކުރުން

1 އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“

2 ކުއްލިއަކަށް މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި އުޑުގައިވާ ތަޚުތެއްގައި މީހަކު އިށީނދެ ވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ.

3 ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތް އަގުބޮޑު ޖަވާހިރު ކަމުގައިވާ އަލިމަހާއި ޔާގޫތު ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ. އަދި ވިއްސާރަދުންޏެއް ފަދައިން އެޒުމައްރަދު އެފަރާތުގެ ތަޚުތު ވަށައިގެން ވިދަމުންދިޔައެވެ.

4 އެ ތަޚުތުގެ ވަށައިގެން އިތުރު ސައުވީސް ތަޚުތުތައް ވިއެވެ. އަދި މިއިން ކޮންމެ ތަޚުތެއްގައި ހުދު ހެދުމުގައި ވީ ބޮޑުންގެ ބޭކަލަކު ރަން ތާޖެއް އަޅައިގެން އިންނެވިއެވެ.

5 ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑު އަންނަމުން ދިޔައެވެ. އެ ތަޚުތުގެ ކުރިމަތީގައި އަލިފާން ރޯވެފައިވާ ހަތް ދަންމަރު ވިއެވެ. އެއީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅު ވެސްމެއެވެ.

6 ހަމައެހެންމެ ތަޚުތުގެ ކުރިމަތީގައި އަލިބިއްލޫރި އެއްފަދަ ބިއްލޫރީގެ ކަނޑެއް ވިއެވެ. ތަޚުތުގެ ވަށައިގެން އޭގެ ކޮންމެ ފަރާތެއްގައި ދިރިހުރި ހަތަރު މަޚުލޫގުން ތިއްބެވެ. އެއިން ކޮންމެ މަޚުލޫގެއްގެ ކުރިމައްޗާއި ފުރަގަސް ވަނީ ލޯތަކުން ފުރިފައެވެ.

7 ފުރަތަމަ މަޚުލޫގު ސިންގާއެއް ފަދައިން ވެއެވެ. ދެވަނަ މަޚުލޫގު ފިރިހެން ގެރިއެއް ފަދައިން ވެއެވެ. އަދި ތިންވަނަ މަޚުލޫގުގެ މޫނު އިންސާނެއްގެ މޫނާއި އެއްފަދަ ވެގެން ވެއެވެ. ހަތަރުވަނަ މަޚުލޫގު އުދުހޭ ބާޒެއް ފަދައިން ވެއެވެ.

8 މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“

9 ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،

10 ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.

11 ”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ