Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 10 - ކިތާބުލް މުޤައްދަސާ


މަލާއިކަތާ އާއި ކުޑަ ފޮތް

1 ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.

2 ހުޅުވާލެވިފައިވާ ކުޑަ ފޮތެއް އެ މަލާއިކަތާގެ އަތްޕުޅުގައި ވިއެވެ. އެ މަލާއިކަތާގެ ކަނާތު ފައިންޕުޅު ކަނޑުގައި ބަހައްޓަވައި އަދި ވައަތު ފައިންޕުޅު އެއްގަމުގައި ބެހެއްޓެވިއެވެ.

3 އަދި ސިންގާއެއްގެ އަޑުފަދައިން ހަރުއަޑުފުޅަކުން ގޮވާލެއްވިއެވެ. އެއާއެކު ބަރު އަޑަކުން ހަތް ގުގުރި ރައްދު ދިނެވެ.

4 އެ ތަކެތި ވާހަކަ ދައްކަން ފެށި ހިނދު އެތަކެތި ދައްކާ ވާހަކަ ލިޔުމަށް އަހަރެން ތައްޔާރުވީމެވެ. ނަމަވެސް އުޑުން މިފަދައިން ބުނިއަޑު އަހަރެން އެހީމެވެ. ”⁠ހަތް ގުގުރި ދައްކާ ވާހަކަ ސިއްރުކޮށްފައި ބަހައްޓާ. އެތަކެތި ލިޔެގެން ނުވާނެ!⁠“

5 އެއަށް ފަހު އެ މަލާއިކަތާގެ ކަނާތްޕުޅު އުޑާއި ދިމާލަށް އުފުއްލަވައިގެން ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ.

6 ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތުގެ ނަންފުޅުގައި އެ މަލާއިކަތާ ހުވައި ކުރެއްވިއެވެ. އެ ފަރާތަކީ އުޑުތަކާއި އަދި އެ އުޑުތަކުގައިވާހާ ތަކެއްޗާއި އަދި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކާއި އަދި ކަނޑާއި ކަނޑުގައިވާހާ ތަކެއްޗެއް ޚަލްޤު ކުރެއްވި ފަރާތެވެ. އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އިތުރު އިންތިޒާރެއް ނުމެނެތްމެ!

7 ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލައްވާ ހިނދު މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުން ކަމުގައިވާ ނަބީބޭކަލުންނަށް އިޢުލާން ކުރެއްވި ފަދައިން އެކަލާނގެ ވަންހަނާ ކުރެއްވި ރޭއްވެވުން ފުރިހަމަ ވެގެންދާނެ.⁠“

8 އެއަށް ފަހު އަހަރެންނަށް އަޑު އިވިގެން ދިޔައީ ކުރީ ފަހަރު އުޑުން ވާހަކަ ދެއްކެވި އަޑު އަނެއްކާވެސް އަހަރެންނަށް ވިދާޅުވަނިކޮށެވެ. އެ އަޑު ވިދާޅުވިއެވެ. ”⁠ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވި މަލާއިކަތާގެ އަތްޕުޅުގައިވި ހުޅުވާލެވިފައިވާ ފޮތް ގޮސް ނަގާ.⁠“

9 ވީމާ، އެ މަލާއިކަތާގެ އަރިހަށް އަހަރެން ދިޔައީމެވެ. އަދި އެ ކުޑަ ފޮތް ދެއްވުމަށް ވެސް އެ މަލާއިކަތާގެ އަރިހުގައި އަހަރެން އެދުނީމެވެ. އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މިފޮތް ނަގާ. އަދި މީތި ކާލާ. ތިބާގެ އަނގައިގެ ތެރެ މާމުޔަށް ވުރެން ފޮނިވާނެ. ނަމަވެސް ތިބާގެ ބަނޑުގެ ތެރެ ހިތި ވާނެވެސްމެ.⁠“

10 އަހަރެން އެމަލާއިކަތާގެ އަތްޕުޅުން އެކުޑަ ފޮތް ނަގައި އޭތި ކާލީމެވެ. އަދި އަހަރެންގެ އަނގަޔަށް މާމުޔަށް ވުރެން ފޮނިރަހަ ލިބިދިނެވެ. ނަމަވެސް އަހަރެން އޭތި ދިރުވައިލުމަށް ފަހު، އަހަރެންގެ ބަނޑު ތެރެ ހިތި ވެގެން ދިޔައެވެ.

11 އެއަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”⁠އަދި އިތުރަށް ގިނަ ޤައުމުތަކަށާއި، ނަސްލުތަކަށާއި ބަހުރުވަތަކާއި ރަސްރަސްކަލުންނާއި މެދު މާތްރަސްކަލާނގެ ދެއްވި ޣައިބުގެ ޚަބަރުފުޅު އިޢުލާންކުރޭ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ