Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޢިބްރާނީންނަށް ސިޓީ 1 - ކިތާބުލް މުޤައްދަސާ


އީސާގެފާނަކީ މާތްރަސްކަލާނގެ ރޫޙާނީ ދަރިކަލުން

1 އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.

2 އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.

3 އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.

4 އެ ދަރިކަލުން ވަނީ މަލާއިކަތުންނަށް ވުރެން މަތިވެރި ކުރައްވާފައެވެ. އެއީ އެ ދަރިކަލުންގެ ދަރަޖަފުޅު ވެސް މަލާއިކަތުންގެ ދަރަޖައަށް ވުރެން މަތިވެރި ކުރައްވާފައި ވާ ފަދައިންނެވެ.


އީސާގެފާނު މަލާއިކަތުންނަށް ވުރެން މަތިވެރި

5 މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ: ”⁠ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.⁠“ އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން، ”⁠އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ⁠“ މިހެން ވަޙީއެއް ނުކުރައްވައެވެ.

6 އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ. ”⁠ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.⁠“

7 އަދި މަލާއިކަތުންނާ މެދު އެކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ. ”⁠ތިމަންކަލާނގެ މަލާއިކަތުން ފޮނުއްވަނީ ވައިރޯޅިތަކެއް ފަދައިންނެވެ. ތިމަންކަލާނގެ އެ ޚާދިމުން ފޮނުއްވަނީ އަލިފާނުގެ ހުޅުތަކެއް ފަދައިންނެވެ.⁠“

8 އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ. ”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ. ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.

9 ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ. އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ. އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.⁠“

10 އަދިވެސް އެދަރިކަލުންނަށް ވަޙީކުރެއްވިއެވެ. ”⁠އޭ ސާހިބުވަންތަ ކަލާނގެ! ފެށުން އައި ހިނދު ބިން އުފެއްދެވީ އިނބަ ކަލާނގެއެވެ. އުޑުތައް އުފެއްދެވީ ވެސް އިނބަ ކަލާނގެ އަތްޕުޅުންނެވެ.

11 އެތަކެތި ފަނާވެ ނެތި ހިނގައިދާނެއެވެ. އެކަމަކު އިނބަ ކަލާނގެ ދާއިމަށް ވޮޑިގެންވާނެއެވެ. އެ ހުރިހާ ތަކެއްޗެއް ބާ ފޮތިތަކެއް ހެން ހަސްފަސް ނެތި ހިނގައި ދާނެއެވެ.

12 އެތަކެތި ގައިގައިލާ ފޮށާތަކެއް ފަދައިން އިނބަ ކަލާނގެ އޮޅާލައްވާނެއެވެ. ދެން އެތަކެތި ހެދުން ތަކެއް ފަދައިން ބަދަލުކޮށް ލައްވާނެއެވެ. އެކަމަކު އިނބަ ކަލާނގެ ދެގޮތެއްވުމެއް ނެތި، ތާއަބަދަށް ވޮޑިގެން ވާނެއެވެ.⁠“

13 މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ. ”⁠ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ. އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން، ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.⁠“

14 އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ