Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ފެށުން 13 - ކިތާބުލް މުޤައްދަސާ


އަބްރާމް އާއި ލޫޠުގެ ވަކިވުން

1 ދެން އަބްރާމް އާއި ސާރާއީ އެމީހުންނަށް މިލްކުވެގެންވީ ތަކެއްޗާއިގެން ދެކުނުގެ ސަހަރާއަށް ވަޑައިގަތެވެ. އަދި އެމީހުންނާއިއެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ.

2 އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.

3-4 އަބްރާމް ދެކުނުގެ ސަހަރާގެ އެއްތަނުން އަނެއްތަނަށް ދަތުރު ކުރައްވާ، އުތުރުގެ ސަރަހައްދުގައިވާ ބައިތުއީލްއާއި ޢާއްޔަ އަވަށުގެ ދެމެދުގައި ފޭލިގެ ޖެއްސެވިއެވެ. މިތަނަކީ މީގެ ކުރިން ވެސް އެތަނެއްގައި އެކަލޭގެފާނު ފޭލިގެ ޖެއްސެވުމަށް ފަހު ޤުރުބާން ކުރުމަށްޓަކައި އަށި ބިނާކުރެއްވި ތަނެވެ. އަދި މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ.

5 ލޫޠުގެފާނު ވެސް އެކަލޭގެފާނުގެ ކަންބަޅިތަކާއި އެހެނިހެން ޖަނަވާރުތަކާއި އަޅުންނާއި އަދި އާއިލާ ގޮވައިގެން އަބްރާމް އާއިއެކު ވަޑައިގަތެވެ.

6-7 ނަމަވެސް މިދުވަސްވަރު ކަންޢާނުގެ އަހުލުވެރިންނާއި ފިރިއްޒީނުގެ އަހުލުވެރިން މި ސަރަހައްދުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އަބްރާމް އާއި ލޫޠުގެފާނުގެ ޖަނަވާރުތަކަށް ކާންދޭނޭފަދަ ބޮޑު ވިނަ ބިމެއް އެ ސަރަހައްދަކު ނެތެވެ. މި ގޮތަށް ދިމާވުމުން އެމީހުންގެ ޖަނަވާރުތައް ބަލަހައްޓާ މީހުންގެ މެދުގައި ދެބަސްވުން އުފެދި ޒުވާބު ފެށުނެވެ.

8 މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.

9 ތިބާ ޚިޔާރު ކުރާ ތަނަކުން ބިން ޚިޔާރު ކުރުމަށް ބިން އެބައޮތް. ދެމީހުން ވަކިން ދިރިއުޅެމާ ހިނގާ. ތިބާ އުތުރުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން ދެކުނުގެ ސަރަހައްދަށް ހިނގައިދާނަން. ތިބާ ދެކުނުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން އުތުރުގެ ސަރަހައްދަށް ހިނގައިދާނަން.⁠“

10-11 ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.

12 އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ.

13 އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.


އަބްރާމް (އިބްރާހީމްގެފާނު) ހަބްރޯންއަށް ވަޑައިގަތުން

14 އަބްރާމްއާއި ލޫޠުގެފާނު ވަކިވީ ފަހުން މާތްރަސްކަލާނގެ އަބްރާމަށް ވަޙީކުރެއްވިއެވެ. ”⁠އުތުރާއި ދެކުނާއި އިރުމައްޗާއި ހުޅަނގަށް ބަލާލަބަލަ.

15 ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.

16 ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.

17 މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.⁠“

18 އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ