Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ނެރުއްވުން 6 - ކިތާބުލް މުޤައްދަސާ


ސަލާމަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅު

1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ފިރުޢައުނާ މެދު ކަންތައް ކުރާ ގޮތް ކަލޭ ބަލަން ހުރޭ. އަހަރެންގެ މީހުން ދިޔަ ދިނުމަށް އަހަރެންގެ ގަދަބާރުން އޭނާއަށް މަޖުބޫރު ކުރާނަން. އަސްލު، އަހަރެން އޭނާއަށް މަޖުބޫރު ކުރާނީ އެމީހުން އެ ބިމުން ބޭރުކޮށްލަން.⁠“

2 މާތްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެންގެ ނަމަކީ ޔަހޫވޭ. ވޮޑިގެންވާ ކަލާނގެ.

3 އަހަރެން އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކުރިމައްޗަށް ފާޅުވީ ކުޅަދުންވަންތަ ކަލާނގެ ގޮތުގައި. އެހެނެއްކަމަކު އެބޭކަލުންނަށް އަހަރެންގެ ނަމަކީ ޔަހޫވޭ ކަމެއް ނުއެއް އަންގަން.

4 އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.

5 މިހާރު ބަނީއިސްރާއީލުން އެތިބީ މިޞްރުގެ އަޅުވެތިކަމުގެ ދަށުގައި. އެމީހުން ރޯ ރުއިމުގެ އަޑު އަހަރެން މިދަނީ އަހަމުން. އަހަރެން ކުރި ޢަހުދުނާމާގެ މަތިން ހަނދުމައެއް ނުނައްތަން.

6 އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.

7 ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.

8 ތިމަންކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާ އެކު ޢަހުދު ކަށަވަރު ކުރެއްވި ބިމަށް ކަލޭމެން ގެނެސް ދެއްވާނަމޭ. އެބިން ތިމަންކަލާނގެ ކަލޭމެންނަށް ހިބަކޮށް ދެއްވާނަމޭ. އެހެނީ ތިމަން ކަލާނގެއީ މާތްރަސްކަލާނގެއޭ.⁠‘⁠“

9 މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.

10 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.

11 ”⁠ގޮސް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ދަންނަވާ އިސްރާއީލުގެ މީހުން އަވަހަށް މިރަށުން ބޭރަށް ފޮނުވާލަ ދެއްވާށޭ.⁠“

12 މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ބުނާ އެއްޗެއް މިއަޅާގެ މީހުން ކަމުގައިވާ އިސްރާއީލީން ވެސް ގަބޫލެއް ނުކުރޭ. ވީއިރު މިޞްރު ރަސްގެފާނު އެވާހަކަ އަޑު އައްސަވާނެ ތޯ؟ މިއަޅާއަކީ ވާހަކަ ދައްކަން އެނގޭ މީހެއް ވެސް ނުމެ ނޫން.⁠“

13 މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް މިފަދައިން އަމުރުފުޅު ކުރެއްވިއެވެ. ”⁠އިސްރާއީލީންނާއި މިޞްރު ރަސްގެފާނު ގާތު ބުނޭ ’⁠ތިމަންކަލާނގެ މީހުން އެރަށުން ނެރޭށޭ މާތްކަލާނގެ ތިމަންމެނަށް އެންގެވިއޭ.⁠‘⁠“


މޫސާގެފާނާއި ހާރޫނުގެފާނުގެ ކާބަފައިން

14 މިއީ އިސްރާއީލުގެ ދަރިކޮޅުގެ ގަބީލާތަކުގެ ކާބަފައިންނެވެ. ޔަޢުޤޫބުގެފާނުގެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިންއަށް ހަތަރު ފިރިހެން ދަރިން ލިބުނެވެ. އެއީ: ޙަނޫކު، ޕައްލޫ، ޙަޞްރޫން، އާއި ކަރްމިއެވެ. އެމީހުންގެ ދަރިކޮޅަކީ ރައުބީން ގަބީލާގެ ކާބަފައިންނެވެ.

15 ޝިމްޢޫނަށް ހަ ދަރިން ލިބުނެވެ. ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ކަންޢާނީ އަނބިމީހާގެފަރާތުން ލިބުނު ޝާއޫލް އެވެ. މިއީ ޝިމްއޫން ގަބީލާގެ ކާބަފައިންނެވެ.

16 ލާވީގެ ދަރިކޮޅުގެ ކާބަފައިންނާމެދު ލިޔެވިގެން ވަނީ މިފަދައިންނެވެ. ލާވީގެ ފިރިހެން ދަރިންނަކީ ޖަރްޝޫން، ޤަހާތު އަދި މަރާރީ އެވެ. ލާވީ ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.

17 ޖަރްޝޫންއަށް ދެ ދަރިން ލިބުނެވެ. އެއީ ލިބްނީ އާއި ޝިމްޢީ އެވެ. އެއީ އެ ގަބީލާގެ ކާބަފައިންނެވެ.

18 ގަހާތު ދަރިކޮޅުގައި ހިމެނެނީ ޢަމްރާމް، ޔިޞްހާރު، ޙަބްރޫނު އަދި ޢުއްޒީއީލް އެވެ. މިއީ އެ ގަބީލާގެ ކާބަފައިންނެވެ. ޤަހާތު ސަތޭކަ ތެއްތިރީސް އަހަރު ދުނިޔޭގައި އުޅުނެވެ.

19 މަރާރީއަށް ދެ ފިރިހެން ދަރިން ލިބުނެވެ. އެއީ: މަޙްލީ އަދި މޫޝީ އެވެ. މިއީ ލާވީ ގަބީލާގެ ދަރިފަސްކޮޅު ލިޔެވިގެން ވާ ގޮތެވެ.

20 ޢަމްރާމް ކައިވެނީކުރީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ ޔޫކާބަދުއާ އެވެ. އޭނާ ވިހެއި ދަރިންނަކީ ހާރޫން އާއި މޫސާއެވެ. އަމްރާމް ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.

21 ޔިޞްހާރުގެ ދަރިންނަކީ ޤޫރަޙު، ނާފަޖު، އަދި ޒިކުރީއެވެ.

22 ޢުއްޒީއީލުގެ ދަރިންނަކީ މީޝާއީލް، އަލްޞާފާނު އަދި ސިތުރީ އެވެ.

23 ހާރޫނު ކައިވެނިކުރީ ޢައްމީނާދާބުގެ ދަރި އަދި ނަޙްޝޫންގެ ދައްތަ އަލީޝާބައާ އެވެ. އޭނާއަށް ލިބުނީ ނާދާބު، އަބީހޫ، އަލިޢާޒާރު، އަދި އީޘާމާރު އެވެ.

24 ޤޫރަޙު ދަރިންނަކީ އައްސީރު، އަލްޤާނަތު، އަދި އަބީއަސާފު އެވެ. މި މީހުންގެ ގަބީލާވީ ގޫރަހީންގެ ދަރިފަސްކޮޅު ކަމުގައެވެ.

25 ހާރޫނުގެ ދަރި އަލިޢާޒާރު ކައިވެނިކުރީ ފޫޠިއީލްގެ އަންހެން ދަރިއަކާއިއެވެ. އެ ދެމަފިރިންނަށް ލިބުނު ދަރިއަކީ ފީންޙާސް އެވެ. މިއީ ލާވީ ވަންހަތަކުގެ ކާބަފައިން ކަމަށް ލިޔެވިފައިވީ ގޮތެވެ.

26 ”⁠އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ⁠“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.

27 މިޞްރުގެ ރަސްގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން އިސްރާއީލީން ދޫކޮށް ދިނުމަށް އެދި ދަންނަވަމުން އެގެންދަވަނީ މި ދެބޭކަލުންނެވެ.


ފިރުއައުނާ ވާހަކަ ދެއްކުމަށް އެންގެވުން

28 މިޞްރުގެ ބިމުގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރެއްވި ހިނދު އެކަލާނގެ ވަޙީ ކުރެއްވިއެވެ.

29 ”⁠މާތްރަސްކަލާނގެއަކީ އަހަރެން. އަހަރެން ބުނާށޭ މިބުނި ހުރިހާ ބަސްތަކެއް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ބުނޭ.⁠“

30 ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެއާ ޒުވާބު ދެންނެވިއެވެ. ”⁠މިއަޅާ މީ ދޫ ނުފަރިތަ މީހެއް. މިއަޅާ ބުނާ އެއްޗެއް ފިރުޢައުނު ރަސްގެފާނު އަޑު އައްސަވާނީ ކިހިނަކުން ތޯ؟⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ