Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:9 - ކިތާބުލް މުޤައްދަސާ

9 އަދި ކާބަފައިންނާއި ނަސަބުތަކުގެ ތެރޭން އައިސްފައި ހުންނަ ބޭކާރު މޮޔަ އަރައިރުންވުންތަކުގައި ބައިވެރި ނުވާށެވެ. އަދި ތައުރާތާއިމެދު މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުން އެއްކިބާވެ ހުންނާށެވެ. މިފަދަ ދެބަސްވުންތަކަކީ ބޭނުމެއްނެތް ބޭކާރު ކަންކަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:9
10 ပူးပေါင်းရင်းမြစ်များ  

ދެބަސްވުމާއި އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކުން ދުރުހެލި ވާށެވެ. ތިބާގެ ނަފްސުގެ ހަކަތަ އާއި ވަގުތު ރޫޙާނީ ތަމްރީނުތަކުން ފުރިހަމަ ކުރާށެވެ.


މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.


ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ.


އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ.


ބަނީއިސްރާއީލުންގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން އިންސާނީ އަމުރުތަކަށް ސަމާލުކަން ނުދޭށެވެ. މިފަދަ ކަންތައްތަކަކީ ތެދުމަގުން އެއްކިބާވާން އެދޭ ފަރާތްތަކުން އުފައްދާ ކަންތައްތަކެވެ.


ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ