Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:5 - ކިތާބުލް މުޤައްދަސާ

5 އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:5
46 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ޙުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަޙުމަތްފުޅު ލެއްވިގެން ވާނެ.


އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އެކަލާނގެ އެ ގެންދަވަނީ ފުރިހަމަ ކުރައްވަމުން. އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީސްތަކުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނަށް އެކަލާނގެ އެހީތެރިވެވޮޑިގަންނަވާ. އަދި އެމީހުންނަށް އެކަލާނގެ އަބަދުގެއަބަދަށް ރަޙުމަތް ލައްވާނެ.⁠“


މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން.


މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.


ނަމަވެސް މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ މަތިވެރިކަން ބޮޑެވެ. އަދި އެކަލާނގެ އަހަރެމެން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވައެވެ.


އަދި ތިޔަބައިމީހުންނަށް އުނގަންނައިދީފައި ވާނީ ތިޔަބައިމީހުންގެ ހިތްތައް އާ ހިތްތަކެއްގެ ގޮތުގައި ވުމަށެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ގައިގައި މުޅިން އާ ތަބީޢަތެއް ލެވި އާވަމުން ދާނެއެވެ. ތިޔައިމީހުން އުފެއްދެވި ޚާލިގުވަންތަ ކަލާނގެ ތިޔަބައިމީހުން އެކަލާނގެ ސޫރަފުޅާ އެއްގޮތްވާ ގޮތުގެ މަތިން އާ ކުރައްވަމުން ދާނެއެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ އަކީ ކޮބައިކަން ފުރިހަމަޔަށް އަންގަވައި ދެއްވުމަށެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.


އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.


މިހެން ކަންތައް ވެފައި ހުރެމެ އެމީހުން އީމާންކަން ދޫކޮށްލައިފިނަމަ އަލުން އެމީހުން ތައުބާ ކުރުވައިގެން އީމާންކަމުގެ ތެރެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަންތައް ކުރުމުން އެމީހުން ދެވަނަ ފަހަރަށް މާތްރަސްކަލާނގެ ދަރިކަލުން ސަލީބަށް އަރުވައި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ލަދުގަންނަވާލަނީއެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


”⁠މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.⁠“


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ