4 އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.
އެކަލާނގެއީ މިއަޅާ ދިންނައްވާ މިއަޅާއަށް އެހީތެރިވެ ވޮޑިގެންވާ ކަލާނގެ. މިއަޅާގެ ފުރާނައާއި ރޫޙުން އެކަލާނގެ ކިބަފުޅަށް އުފާކޮށް ޙަމްދުކުރަން.
މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.
މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ.
އަހަރެމެން ވޭނާއެކު ގަދައަޅައި މަސައްކަތް ކުރަމުން ދަނީ މިކަމަށްޓަކައެވެ. އަހަރެމެންގެ އުންމީދުތައް ވަނީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށެވެ. އެއީ އެންމެހައި އިންސާނުން ދިންނަވާ ފަރާތެވެ. ވަކީން ޚާއްސަކޮށް އެފަރާތާ މެދު އީމާންވާ ބަޔަކަށެވެ.
އަހަރެމެންނަށް ދިންނެވުން ލިއްބައިދެއްވާ އީސާ އަލްމަސީޙު ވަޑައިގެންނެވީ އެކަލާނގެ ނިޢުމަތްފުޅު ދައްކުވައި ދެއްވުމަށެވެ. އަދި އަލްމަސީޙު ވަނީ މަރުގެ މައްޗަށް ފަތަޙަ ހޯއްދަވާ އަހަރެމެންނަށް ހެޔޮޚަބަރުފުޅު ދެއްވައި އަބަދަށްޓަކާ ދިރިހުންނެވިކަން ދައްކުވާފައިވާ ފަރާތެވެ.
އެގޮތުން، އެކަމަށް އެކަށީގެންވީ ވަގުތު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތުން މި އުފާވެރި ޚަބަރު ދެއްވައި އެންމެހައި މީސްތަކުންނަށް އަންގައި ދިނުމަށް އެކަލާނގެ އެދިވޮޑިގެން އަހަރެންނާއި ޙަވާލު ކުރެއްވިއެވެ.
އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.
ސަބަބަކީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ ރަހަ ތިޔަބައިމީހުންނަށް ބެލެވިފައި ވީތީއެވެ.