Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:3 - ކިތާބުލް މުޤައްދަސާ

3 އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:3
37 ပူးပေါင်းရင်းမြစ်များ  

އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބޭނޭ ދަރިއަކު ނުލިބޭނެ ގޮތް އޭނާ ހެދިއެވެ.


ފޫޠީފާރު ގަނޑުވަރަށް އަންނަން ދެން އޭނާގެ އަނބިކަނބުލޭގެ ޔޫސުފުގެފާނުގެ ރިދާކޮޅު އެކަނބުލޭގެ ކައިރީގައި ބާއްވައިގެން އިނެވެ.


ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.


ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“


އެ ދަރިފުޅު ޖަވާބުގައި ބައްޕައަށް ބުނި. ’⁠ނޫނެކޭ. އަހަރެން ނުދާނަމޭ.⁠‘ ނަމަވެސް އޭނާގެ ޚިޔާލު ފަހުން ބަދަލުވެ އޭނާ މަސައްކަތަށް ދިޔަ.


އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”⁠ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’⁠ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.⁠‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ފާފަ ކުރާ ކޮންމެ މީހަކީ ފާފައިގެ އަޅެއް.


މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.


މާޒީގައި ތިޔަބައިމީހުންނަކީ މާތްކަލާނގެ ޢަދުއްވުންގެ ގޮތުގައި ތިބި ބަޔަކީމުއެވެ. އެއީ އޭރު ތިޔަބައިމީހުންގެ ކިބައިގައި ވީ ދެކޮޅުވެރި ޚިޔާލުތަކާއި ފާޙިޝް އަމަލުތަކުގެ ސަބަބުންނެވެ.


މާޒީގައި ތިޔަބައިމީހުން ވޭތުކުރި ދުނިޔެވީ ޙަޔާތުގައި މިފަދަ ފާޙިޝް އަމަލުތައް ކުރުންމަތީ ތިޔަބައިމީހުން ވެސް ވޭތި ކުރީމުއެވެ.


އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.


މިފަދަ ބައެއް މީހުން ގޭގެއަށް ގޮސް އެގޭގައި އުޅޭ ފާފަތަކުގެ ޝިކާރައަކަށްވެ އަދި ފާހިޝް އެދުންތަކުން ކަޅިވެފައިވާ ބަލިކަށި އަންހެނުންތައް ހައްލާލައެވެ.


މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.


އެކަލާނގެ އަހަރެމެންނަށް އިރުޝާދު ދެއްވީ ނުބައިނުލަފާ ގޮތްތަކާއި މާއްދީ އެދުންތަކުން ދުރުވެގެން ވުމަށެވެ. އަދި ތެދުވެރިވެ މާތްރަސްކަލާނގެއަށް ބިރުވެތިވެތިބެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު މިދުނިޔޭގައި ޙަޔާތު ވޭތުކުރުމަށެވެ.


ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ދީންވެރިޔެއް ކަމުގައި ދެކެމުހެއްޔެވެ؟ ނަމަވެސް ދޫ ރައްކާތެރި ކުރެވިގެންނުވާ މީހާގެ ދީންވެރި ކަމުގެ އަގެއް ނެތެވެ. އަދި އެމީހަކަށް އެ މަކަރު އެ ހެދެނީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ.


މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ. ”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ! އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި. ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ