ތީތުސްއަށް ސިޓީ 3:13 - ކިތާބުލް މުޤައްދަސާ13 އަޕޯލޮސްއާއި ޤާނޫނީ ވަކީލު ޒިނާސް ދަތުރަށް ތައްޔާރުވުމުން ތިބާއަށް އެހީތެރިވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރި ވާށެވެ. އަދި އެމީހުންގެ ބޭނުންތައް ފުރިހަމަ ކޮށްދެވޭތޯ ބަލާށެވެ. အခန်းကိုကြည့်ပါ။ |
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“
އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.
ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.