Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:12 - ކިތާބުލް މުޤައްދަސާ

12 އަހަރެން މި ވިސްނަނީ އަރުތެމާހު ނޫނީ ތިޚީކުސް ތިބާގެ ކައިރިއަށް ފޮނުވުމަށެވެ. މީގެތެރެއިން އެކަކު ދިއުމާއެކު ތިބާއަށް ވީ އެންމެ އަވަސް ގޮތަކުން ނިކޯޕޮލިސްގައި އަހަންނާއި ބައްދަލު ކުރެވޭތޯ ބަލާށެވެ. ފިނި މޫސުމުގައި އެރަށުގައި މަޑުކުރުމަށް އަހަރެން މިހިރީ ނިންމައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:12
8 ပူးပေါင်းရင်းမြစ်များ  

އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައި ވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އޭޝިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ.


އަލްމަސީޙަށް ޚިދުމަތްކުރުންމަތީގައިވާ އިތުބާރު ކުރަނިވި ޚާދިމު އަހަރެމެންގެ ލޮބުވެތި އަޚު ތިޚީކުސް އަހަރެންނާއިމެދުގައި ވީ ޚަބަރުތައް ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ. އޭރުން ތިޔަބައިމީހުންނަށް އަހަރެންގެ ހާލު އޮޅުންފިލައި އަހަރެން ކުރަނީ ކޮންކަމެއްކަން އެނގޭނެއެވެ.


އަހަރެމެންނާއި އެކުގައި މާތްސާހިބަށް އީމާންތެރިކަމާއެކު ޚިދުމަތްކުރުން މަތީގައިވާ ޚާދިމު، އަދި އަހަރެމެންގެ ލޮބުވެތި އަޚު، ތިޚީކުސް އަހަރެމެންގެ ހާލުއަހުވާލު ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ.


އަހަރެން ތިޚީކުސް އެފޭސުސްއަށް ފޮނުވައިފީމެވެ.


ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ.


ވީހާ ވެސް އަވަހަށް އަހަރެން ދުށުމަށް ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ