Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:11 - ކިތާބުލް މުޤައްދަސާ

11 އެމީހުންގެ ބުއްދި އެކިކޮޅުކޮޅަށް ދަމާގޮތް ހުންނަކަން ތިބާއަށް އެނގެއެވެ. އަދި އެމީހުންގެ އަމިއްލަ ފާފަވެރިކަން އެމީހުންގެ ކުށްވެރިކަމަށް ނިޔާކަނޑައަޅައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:11
13 ပူးပေါင်းရင်းမြစ်များ  

މި ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ’⁠ނުބައި ނުލަފާ ނޯކަރާއޭ. އަހަރެން ކަލެއާއި މެދު އިންސާފު ކުރާނީ ކަލޭގެ އަމިއްލަ ބަސްތަކާއި އެއްގޮތަށޭ. އަހަންނަކީ ހަރުކަށި މީހެއްކަމަށް ކަލޭ ގަބޫލު ކުރަން ދޯއޭ؟ އަދި އަހަރެންނަކީ އަހަރެންނަށް ޙައްޤު ނޫން ތަކެތި މީހުންގެ އަތުން އަތުލާ މީހެއްމަށް ވެސް ކަލޭ ދެކެން ދޯއޭ؟ އަދި އަހަންނަކީ އަހަރެން ގޮވާން ނުކުރާ ދަނޑުތަކުން ގޮވާން ވެސް ކަނޑާ މީހެއް ކަމުގައި ކަލޭ ގަބޫލު ކުރަން ދޯއޭ؟


ނަމަވެސް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ. މިމީހުން ޔަޙުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ.


މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.


ދެން ސިފައިންގެ ކޮމާންޑަރު ގަވަރުނަރަށް މި ސިޓީފުޅު ލިޔުއްވިއެވެ.


މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.


މިފަދަ މީހުން މާއްދީ ފައިދާއަށްޓަކައި ބުނެދޭ ނުބައި ބުނުންތަކުން މުޅި އާއިލާ ތެދުމަގުން އެއްކިބާ ކުރުވައެވެ. މިފަދަ މީހުން ހުއްޓުވަން ޖެހެއެވެ.


ބަނީއިސްރާއީލުންގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން އިންސާނީ އަމުރުތަކަށް ސަމާލުކަން ނުދޭށެވެ. މިފަދަ ކަންތައްތަކަކީ ތެދުމަގުން އެއްކިބާވާން އެދޭ ފަރާތްތަކުން އުފައްދާ ކަންތައްތަކެވެ.


ޙަޤީޤަތް އޮޅުން ފިލުމަށް ފަހު އަހަރެމެން ގަސްތުގައި ކުރަމުން މިގެންދާ ފާފައިން ސަލާމަތްވެވޭނެ ފަދަ އެއްވެސް ޤުރުބާނީއެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ