ތީތުސްއަށް ސިޓީ 3:10 - ކިތާބުލް މުޤައްދަސާ10 ފިތުނަ އުފައްދާ ފަރާތްތަކަށް އެއްފަހަރު ނުވަތަ ދެފަހަރު އިންޒާރު ކުރާށެވެ. މިގޮތުން އިސްލާޙު ނުވިނަމަ ޖަމާޢަތުން އެބައިމީހުން އެކަހެރި ކުރާށެވެ. အခန်းကိုကြည့်ပါ။ |
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.
ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.