Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 3:1 - ކިތާބުލް މުޤައްދަސާ

1 ވެރިންނަށް ކިޔަމަންތެރިވެ ބޯލެނބުމަށް މީސްތަކުންނަށް ތިބާ ހަނދާން ކޮށްދޭށެވެ. އެބައިމީހުން ކިޔަމަންތެރިކަމާއެކު، އަބަދުވެސް ރަނގަޅު ކަންތައް ކުރުމަށް ތައްޔާރުގައި ތިބޭ ބަޔަކަށް ވެތިބުމަށް ބުނެދޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 3:1
29 ပူးပေါင်းရင်းမြစ်များ  

މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


މިގޮތުގެ މަތިން ރަސްރަސްކަލުންގެ މައްޗަށާއި އެކިކަންކަމުގައި ތިބި އެންމެހާ ވެރިންގެ މައްޗަށް ދުޢާ ކުރާށެވެ. އޭރުން އަހަރެމެންނަށް ސުލްޙަވެރިކަމާއި މަޑުމައިތިރި ކަމުގެ އިތުރުން ޤަދަރުވެރި ގޮތުގައި މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތު ކުރެވޭނެއެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ.


މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.


ތިބާގެ އަމިއްލަ ނަފްސު ނުބައިވެގެންވީ އަމަލުތަކުން ދުރުކޮށް ސާފުތާހިރު ކޮށްގެންފިނަމަ ތިބާ ވާނީ މިފަދަ އަގުހުރި ކަންވާރަކަށެވެ. ތިބާގެ ޙަޔާތްވާނީ މުޤައްދަސް ވެގެންނެވެ. އަދި މާތްސާހިބާ މަގުސަދަށްޓަކައި ކުރެވޭ ހެޔޮއަމަލުތައް ކުރުމަށް އެނަފްސު ވާނީ ތައްޔާރުވެފައި ވެސް މެއެވެ.


މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އަހަރެމެންގެ މީހުން އަނެކާގެ އަވަސް މުހުތާދުތައް ފުއްދާދީ ރަނގަޅު ކަންތައް ކުރަން ދަސްކުރަން ވާނެއެވެ. އޭރަކުން ތިޔަބައިމީހުންނަކީ ބޭނުން ނުހިފޭ ބައެއްކަމުގައެއް ނުވާނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ.


މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ