Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 2:8 - ކިތާބުލް މުޤައްދަސާ

8 ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 2:8
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރު ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި އެ ރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެއަށް މިލްކުވެގެންވީ ތަކެތި އެކަލާނގެއަށް ހުށަހަޅާ.⁠“ އަދި އެބައިމީހުން އީސާގެފާނާއިމެދު އަޖައިބުވިއެވެ.


ފާއިތުވެދިޔަ ބަހުސްތަކުގެ ވާހަކަ އަޑުއެހުމަށް ދީނުގެ ދަންނަބޭކަލަކު އެތަނަށް އައެވެ. އަދި އީސާގެފާނު ސާދުސީންނަށް ދެއްވި ޖަވާބުގެ ފުރިހަމަކަން އެނގިހުރެމެ އެކަލޭގެފާނާއި މި ސުވާލު ކުރެއްވިއެވެ. ”⁠މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު ވެގެން ވަނީ ކޮން އަމުރުފުޅެއް؟⁠“


ދީނުގެ މި ދަންނަބޭކަލާ އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ވަރަށްފުރިހަމަ! ތިޔަ ވިދާޅުވެދެއްވީ ވަރަށް ބޮޑު ތެދުފުޅެއް. މާތްރަސްކަލާނގެ ފިޔަވައި އެއްކައުވަންތަ އެހެން އެއްވެސް ފަރާތެއް ނުވޭ. އަދި މާތްރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލާނގެއެއް ނުވޭމެ.


އެ މީހާގެ ބުއްދިވެރި ޖަވާބު އީސާގެފާނު ފާހަގަ ކުރައްވައި އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ. ”⁠ތިބާ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަކުނޫން.⁠“ މިއަށް ފަހު އީސާގެފާނާއި އިތުރު ސުވާލެއް ކުރައްވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.


އެތާނގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނާއި ދެކޮޅުހެދި މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. ނަމަވެސް އެހެން ހުރިހާ މީސްތަކުން އެކަލޭގެފާނު ކުރައްވަމުން މިގެންދަވާ ހައިރާން ކުރުވަނިވި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިއެވެ.


މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ.


އަހަރެމެންގެ މީހުން އަނެކާގެ އަވަސް މުހުތާދުތައް ފުއްދާދީ ރަނގަޅު ކަންތައް ކުރަން ދަސްކުރަން ވާނެއެވެ. އޭރަކުން ތިޔަބައިމީހުންނަކީ ބޭނުން ނުހިފޭ ބައެއްކަމުގައެއް ނުވާނެއެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުން ދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ