Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތީތުސްއަށް ސިޓީ 2:3 - ކިތާބުލް މުޤައްދަސާ

3 ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތީތުސްއަށް ސިޓީ 2:3
13 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


ހަމަ މިފަދައިން އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިން ވެސް ވާންޖެހޭނީ އަނެކުންގެ އިޙްތިރާމް ލިބިގެންވާ ތެދުވެރި ބައެއް ކަމުގައެވެ. މަސްތުވެގެންވާ ޙާލަތަށް ނަފްސު ދިޔަ ނުދީ ފައިސާގެ ދަހިވެތިކަމުން އެއްކިބާ ވެގެންވާ ބައެއް ކަމުގައެވެ.


ހަމައެކަނި ހުސްފެން ނުބޯށެވެ. އެއާއެކު އެކަށީގެންވާ ފަދައިން މޭބިސްކަދުރުގެ ދިޔަފޮދެއް ބޭނުން ކުރާށެވެ. އެއީ ތިބާގެ ބަނޑަށް އުނދަގޫވެ، ބަލި ވެދާނޭތީއެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.


މިފަދަ ދުވަސްވީ އަންހެނުން، ޒުވާން އަންހެން ކުދިން ތަރުބިއްޔަތު ކުރުމުގައި އެމީހުންގެ ފިރިންނަށާއި ދަރިންނަށް ލޯބި ދިނުމަށް އަންގައިދޭން ވާނެއެވެ.


މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ