ތީތުސްއަށް ސިޓީ 2:2 - ކިތާބުލް މުޤައްދަސާ2 އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.“
އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.
މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.