ތީތުސްއަށް ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 ރަނގަޅު އުގަންނައި ދިނުންތަކާއިމެދު ދެކޮޅުވެރިވާ ވަރަށް ގިނަ ފަރާތްތައް ވެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުގަ އާއި މީސްތަކުންނަށް މަކަރު ހެދުމުގައިވާ މީހުން ވެސް ވެއެވެ. ޚާއްސަކޮށް މިފަދަ މީހުންގެ ދައުވާއަކީ ދިންނެވުން ލިބިދެނީ ޚިތާނު ކުރެވިފައިވާ ފަރާތްތަކަށެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.“
އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.
އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ.
އެއްވެސް ޙާލަތެއްގައި މީސްތަކުންގެ ވަގުތުތައް ހުއްޓާނުލާ އެދައްކާ ފުލޯކު ވާހަކަތަކާއި ނަސްލީ ދަރަޖަތަކުގެ ވާހަކަތަކާއި ރޫޙާނީ ގޮތުން ވާހަކަތަކުގެ ތެރެއަށް ވަނަ ނުދޭށެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ދެބަސްވުން އުފެދި މާތްރަސްކަލާނގެ މަގުގައި އީމާންތެރި ޙަޔާތެއްގައި ވުމަށް މީސްތަކުންނަކަށް އެހީތެރިވެއެއް ނުދެއެވެ.
އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.