Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 4:17 - ކިތާބުލް މުޤައްދަސާ

17 ދެން އަވަށްޓެރި އަންހެނުންތައް އައިސް ”⁠ނުޢުމީ އަށް ދަރިއަކު ލިބިއްޖެޔޭ⁠“ ކިޔައިފިއެވެ. އޭނާގެ ނަމަކަށް އެމީހުން ކީ ޢޫބީދު އެވެ. އޭނާއަކީ ޔައްސާގެ ބައްޕައެވެ. އެއީ ދާއޫދުގެފާނުގެ ބައްޕަވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 4:17
6 ပူးပေါင်းရင်းမြစ်များ  

ނުޢުމީ މިކުޑަ ދަރިފުޅު ނަގައި އުނގަށްލައި އޭނާ ދަރިއެއް ފަދައިން ގެންގުޅެން ފެށިއެވެ.


މިއީ އެ ދަރިކޮޅު ފާރަޞްއިން ފެށިގެން ދާއޫދުގެފާނާ ހަމަޔަށް ދެމިގެން އައި ގޮތެވެ. ފާރަޞް އަކީ ޙަޞްރޫންގެ ބައްޕައެވެ.


ޢޫބީދަކީ ޔައްސާގެ ބައްޕައެވެ. ޔައްސާއަކީ ދާއޫދުގެފާނުގެ ބައްޕަ އެވެ.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ