Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 4:14 - ކިތާބުލް މުޤައްދަސާ

14-15 މިދަރިފުޅު އުފަންވުމުން ނުޢުމީގެ ގާތް ރައްޓެހިން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެއަށް ހަމްދާއި ޝުކުރު ހުރި. މިއަދު އެކަލާނގެ ކަލެއަށް މާމަ ދަރިފުޅަކު ދެއްވައިފި. މިދަރިފުޅު ބަނީ އިސްރާއީލުގެ ހުރިހާ ކަންކޮޅުތަކެއްގައި މަޝްހޫރު ވާހުށި. މިދަރިފުޅު ކަލޭގެ ދިރިއުޅުމަށް އަލިކަމާއި ބާއްޖަވެރިކަން ގެނެސް ދޭނެ. އަދި ކަލޭ މުސްކުޅިވާ ދުވަހު ކަލެއަށް އެހީތެރިވާނެ. އޭނާގެ މަންމަ އަކީ ކަލޭގެ ދަނބިދަރިފުޅު ކަމުގައި ވީ ނަމަވެސް އޭނާ ކަލޭގެ އަމިއްލަ ހަތް ފިރިހެން ދަރިން ތިބި ކަމުގައި ވިޔަސް އެ ހުރިހާ ދަރިން ކަލޭ ދެކެ ވާނެ ލޯތްބަށް ވުރެ ވެސް މާ ބޮޑަށް ކަލެއަށް ކަމޭހިތައި ލޯބިވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 4:14
13 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


”⁠މާތްކަލާނގެ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.⁠“


އެއަށް ފަހު އިތުރު ދަރިއަކަށް ލައިއަތު ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހޭމެއެވެ. މި ދަރިފުޅުގެ ނަމަކަށް ޔަހޫޛާގެ ނަމުން އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ޙަމްދު ކުރަމު.⁠“ އޭގެ ފަހުން ލައިއަތުއަށް އިތުރު ދަރިއަކު ނުލިބެއެވެ.


އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.


ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ