Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 4:13 - ކިތާބުލް މުޤައްދަސާ

13 ބޫޢަޒުއާއި ރާޢޫތުގެ ކައިވެންޏަށް ފަހު މާތްރަސްކަލާނގެ އެދެމީހުންނަށް ފިރިހެން ދަރިއަކު ދެއްވައި ރަޙުމަތް ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 4:13
12 ပူးပေါင်းရင်းမြစ်များ  

އަބީމާލިކު އިބްރާހީމްގެފާނުގެ އަނބިކަބަލުން ސާރާ ގެންދެވުމުގެ ސަބަބުން އެރަސްގެފާނުގެ ގަނޑުވަރުގައިވާ އެންމެހައި އަންހެނުން ދަރިމައި ނުވާނެފަދައިން މާތްކަލާނގެ ވަނީ ލައްވަވާފައެވެ. ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމުން އަބީމާލިކުއާއި އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ އެންމެހައި ޖާރިޔާއިންނަށް ޝިފާލިބި، ދަރިން ލިބޭނެ ފަދައިން ވިއެވެ.


ނަމަވެސް ރިފްޤާއަށް ދަރިކަލަކު ލިބިވަޑެއް ނުގެންނެވިއެވެ. އެގޮތުން އިސްޙާޤުގެފާނު އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެ ހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ދެން ރިފްޤާ އާލާސްވެ އިންނަވައިފިއެވެ.


ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެ ހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ.


ނަމަވެސް ޔަޢުޤޫބުގެފާނު ކޯފާވެވަޑައިގެން ހުންނަވާ މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންނީ މާތްކަލާނގެތަ؟ ކަނބުލޭގެއަށް ދަރިއަކު ލިބިދިނުމުން މަޙުރޫމް ކުރައްވާފައި ވަނީ އެކަލާނގެ!⁠“


އެ ހިނދު އެތަނުގައި ވަށައިގެންތިބި އަންހެނުންނާއި ކުދިން ޢީސޫއަށް ފެނި މިފަދައިން ބުންޏެވެ. ”⁠ތިބާ އާއިއެކުގައި މިވާ މީސްތަކުންނީ ކޮންބައެއް؟⁠“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މިއީ މާތްކަލާނގެ ރަޙުމަތްފުޅުން ތިބާގެ ޚާދިމު ކަމުގައިވާ އަހަރެންނަށް ދެއްވި ދަރިން.⁠“


ކަންބޮޑު ނުވޭ. ކަލޭ ތިޔަ އެދުނު ފަދައިން އަހަރެން ކަންތައް ކުރާނަމު. އެހެނީ މިއަވަށުގެ އެންމެން ވެސް ދަނޭ ކަލޭ ތީ ރަނގަޅު އަންހެނެއްކަން.


މިޒުވާން އަނބި ކަމަނާގެ ސަބަބުން ކަލޭގެ އާއިލާ ވެސް ތާމާރު އާއި ޔަހޫޛާގެ ދަރިކަލުން ފާރަޞްގެ އާއިލާ ފަދަ މަޝްހޫރު އާއިލާއެއް ކަމުގައި މާތްރަސްކަލާނގެ ލައްވާ ހުށި!⁠“


އަޅުގަނޑު ދުޢާ ދެންނެވީ މި ދަރިފުޅު ދެއްވާތޯ. މާތްރަސްކަލާނގެ އަޅުގަނޑު ކުރި ދުޢާ އިޖާބަ ކުރައްވައިފި.


ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރި މީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ