ރާޢޫތު 4:1 - ކިތާބުލް މުޤައްދަސާ1 މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”އައިސް މިތާ އިށީނދޭ.“ ދެން އޭނާ އިށީނދެއްޖެއެވެ. အခန်းကိုကြည့်ပါ။ |
ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލުގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ.