ރާޢޫތު 3:9 - ކިތާބުލް މުޤައްދަސާ9 ”ކަލެއަކީ ކާކު؟“ ބޫޢަޒު ސުވާލު ކުރިއެވެ. ”އަޅުގަނޑު މިއީ ރާޢޫތު. އަދި ސާހިބު އަކީ އަޅުގަނޑުގެ ފިރިމީހާގެ ގާތް ތިމާގެ މީހުންގެ ތެރެއިން އަޅުގަނޑުގެ ބަލަދުއަރާ، އަޅުގަނޑާ އެހީތެރިވާން ޖެހޭ ފަރާތް. ވީމާ ސާހިބުގެ ހެދުމުގެ ފަސްބައިގެ ކަނުން އަޅުގަނޑަށް ނިވާކަން ދެއްވާ.“ အခန်းကိုကြည့်ပါ။ |
ބޫޢަޒު ބުންޏެވެ. ”މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައި ވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކު ވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު.
ވީމާ ކަލެއަކީ އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ ކަމުގައި ވާތީ މިބިން ގަތުމުގެ ޙައްޤު ކަލެއަށް ލިބިގެން ވޭ. ކަލޭ މި ބިން ގަތުމަށް އެދޭ ނަމަ ހަމަ މިހާރު ކަލެއަށް މިބިން ގަނެވިދާނެ. އަދި މިތިއްބެވި ދިހަ ބޮޑުންގެ މީހުންނާއި އަދި މިތާގައިވާ ހުރިހާ މީހުން އެކަމަށް ހެކިން ކަމުގައި ވާނެ. އަދި މިބިން ގަތުމަށް ކަލޭ ނޭދޭ ނަމަ މިކަން އަހަރެންނަށް އަންގައި ދިނުން ވެސް އެދެން. އެއީ ކަލެއަށް ފަހު ގާތް ތިމާގެ ގޮތުން ދެވަނައަށް ހުރި މީހަކީ އަހަރެން.“ އޭނާ ޖަވާބު ދިނެވެ. ”އަހަރެން އެބިން ގަތުމަށް އެދެމު.“
އެމީހާ މީގެ ޖަވާބުގައި ބުންޏެވެ. ”ކަންތައް އޮތީ ތިޔަހެން ކަމަށް ވާނަމަ އަހަރެން ތިޔަބިން ގަތުމަކަށް ނޭދެން. ސަބަބަކީ އަހަރެންގެ މިހާރު ވެސް އަނބި ދަރިން އެބަތިބި. އަދި ތިޔަ ބިން ރާޢޫތު އާއި އަހަރެންނަށް ލިބޭ ދަރިންގެ މެދުގައި ބަހަން ޖެހުމުން މައްސަލަ ޖެހޭނެ. ކަލޭ ތިޔަ ބިން ގަތުމަށް އަހަރެންގެ ފަރާތުން ލިބެން ޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް އަހަރެން ކަލެއަށް ދީފީމު.“