Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 3:7 - ކިތާބުލް މުޤައްދަސާ

7 ބޫޢަޒު ރޭގަނޑު ކައިބޮއި ނިމުނުއިރު ވަނީ ވަރަށް ބޮޑަށް ހިތްފުރިފައެވެ. އެހެންކަމުން ހަމަ ކައި ނިމުމާއި އެކު އޭނާ ދިޔައީ ނިދާށެވެ. އޭނާ ނިދާން އޮށޯތީ އެތާ ހުރި ގޮވާން ފުންޏެއްގެ ކައިރީގައެވެ. ރާޢޫތު އޭނާއަށް ނިދޭ ހާއިރު ކޮށްފައި މަޑުމަޑުން ގޮސް އޭނާގެ ފައިތިލަ ކަޝްފުކޮށްގެން އޮށޯތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 3:7
18 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނަށް ކާތަކެތި ގެނެވުނީ ޔޫސުފުގެފާނުގެ މޭޒުކޮޅުންނެވެ. ނަމަވެސް އެހެން އެންމެންނަށް ވުރެން ފަސްގުނަ އިތުރަށް ބަންޔާމީންއަށް ކެއުން ދެވުނެވެ. އަދި އެ އެންމެން އެކަލޭގެފާނާއި އެކުގައި މިނިވަންކަމާއެކު ކައިބޮއި އުފާކޮށް ހެދިއެވެ.


ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


އަދި އެއަށް ފަހު ބޫޢަޒު މަސައްކަތް ކުރުމަށް އުޅުނު ތަނަށް ގޮސް ނުޢުމީ ބުނި ފަދައިން ކަންތައް ކުރިއެވެ.


މެންދަމުގެ ވަގުތުގައި ބޫޢަޒުއަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އަދި އެވަގުތު އޭނާގެ ފައިލާކޮޅުގައި އަންހެނަކު އޮށޯވެ އޮތް ތަން ފެނި ވަރަށް ބޮޑަށް ހައިރާން ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ