6 އަދި އެއަށް ފަހު ބޫޢަޒު މަސައްކަތް ކުރުމަށް އުޅުނު ތަނަށް ގޮސް ނުޢުމީ ބުނި ފަދައިން ކަންތައް ކުރިއެވެ.
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ.
ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.
ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.“
ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އަހަރެން މަންމަ ތިޔަބުނި ގޮތަށް ކަންތައް ކުރާނަން.“
ބޫޢަޒު ރޭގަނޑު ކައިބޮއި ނިމުނުއިރު ވަނީ ވަރަށް ބޮޑަށް ހިތްފުރިފައެވެ. އެހެންކަމުން ހަމަ ކައި ނިމުމާއި އެކު އޭނާ ދިޔައީ ނިދާށެވެ. އޭނާ ނިދާން އޮށޯތީ އެތާ ހުރި ގޮވާން ފުންޏެއްގެ ކައިރީގައެވެ. ރާޢޫތު އޭނާއަށް ނިދޭ ހާއިރު ކޮށްފައި މަޑުމަޑުން ގޮސް އޭނާގެ ފައިތިލަ ކަޝްފުކޮށްގެން އޮށޯތެވެ.