18 ނުޢުމީ ބުންޏެވެ. ”ހާސްވެ ކަންބޮޑު ނުވޭ. ކެތްތެރިވޭ. ކަންތައް ވާނޭ ގޮތަކާއިމެދު އެއްގޮތަކަށް ވެސް ފިކުރު ނުކުރޭ. ހުރިހާ ކަމެއް ހަމަ ޖެހުމަށް ދާނދެން އޭނާ މިއަދަކު ހުއްޓައެއް ނުލާނެ.“
އަދި ވެސް ރާޢޫތު ބުންޏެވެ. ”މިހުރިހާ ގޮވާން ވެސް އޭނާ އަހަންނަށް ދިން. އެއީ މަންމައަށް ދޭނެ އެއްޗެއް ނުލާ އަހަރެން އެނބުރި އައުމަށް އޭނާ ނޭދޭތީ.“
މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”އައިސް މިތާ އިށީނދޭ.“ ދެން އޭނާ އިށީނދެއްޖެއެވެ.