Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 3:10 - ކިތާބުލް މުޤައްދަސާ

10 ބޫޢަޒު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައި ވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކު ވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 3:10
8 ပူးပေါင်းရင်းမြစ်များ  

އަދި ލަބާން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.⁠“


ދެން ނުޢުމީ އޭނާގެ ދެ ދަނބި ދަރިންނަށް ބުންޏެވެ. ”⁠ދަރިފުޅުމެން އެނބުރި ދަރިފުޅުމެންގެ މައިންބަފައިންގެ ގާތަށް ދާންވީނު. ތިޔައިގެ ދެކުދިން އަހަރެންނަށާއި އަހަރެންގެ ފިރިމީހާއާއި ދަރިންނަށް ދިންފަދަ އޯގާވެރިކަމުގެ އިނާމެއް މާތްރަސްކަލާނގެ ތިޔަ ދެކުދިންނަށް ވެސް ދެއްވާށި!


ބޫޢަޒު ޖަވާބުގައި ބުންޏެވެ. ”⁠ކަލޭގެ ފިރިމީހާ މަރުވީއްސުރެ ކަލޭގެ މައިދައިތާ އާއި ދޭތެރޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ އަހަރެން އެހީމު. ކަލޭގެ ބައްޕަ އާއި މަންމަ ދޫކޮށް އަދި އަމިއްލަ ރަށް ވެސް ދޫކޮށް ނުދަންނަ ބައެއްގެ ތެރެއަށް ދިރިއުޅެން މައިދައިތައާ އެކު އައީމު.


”⁠މާތްރަސްކަލާނގެ ބޫޢަޒަށް ރަޙުމަތް ލައްވާށި!⁠“ ނުޢުމީ ބުންޏެވެ. ”⁠އެކަލާނގެއީ ދިރިތިބި މީހުންނަށާއި މަރުވެފައިވާ މީހުންނަށް އޯގާވަންތަ ކަލާނގެ. ބޫޢަޒު އަކީ އަހަރެންގެ ގާތް ތިމާގެ މީހެއް. އަދި އޭނާ އަކީ އަހަރެމެންނަށް ބަލަދުއަރާ މީހުންގެ ތެރެއިން ވެސް ހިމެނޭ އެކަކު.⁠“


ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.


”⁠ކަލެއަކީ ކާކު؟⁠“ ބޫޢަޒު ސުވާލު ކުރިއެވެ. ”⁠އަޅުގަނޑު މިއީ ރާޢޫތު. އަދި ސާހިބު އަކީ އަޅުގަނޑުގެ ފިރިމީހާގެ ގާތް ތިމާގެ މީހުންގެ ތެރެއިން އަޅުގަނޑުގެ ބަލަދުއަރާ، އަޅުގަނޑާ އެހީތެރިވާން ޖެހޭ ފަރާތް. ވީމާ ސާހިބުގެ ހެދުމުގެ ފަސްބައިގެ ކަނުން އަޅުގަނޑަށް ނިވާކަން ދެއްވާ.⁠“


ޞަމޫއީލްގެފާނު އެކަލޭގެފާނު ހޯއްދަވައިފި އެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނަށް ބަރަކާތް ހުރި. އަޅުގަނޑު މާތްރަސްކަލާނގެ އެންގެވި ކަންތައް ކޮށް ނިންމައިފިން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ