Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:8 - ކިތާބުލް މުޤައްދަސާ

8 އެވަގުތު ބޫޢަޒު ރާޢޫތުގެ ގާތަށް ގޮސް ބުންޏެވެ. ”⁠ފަރުވާވެ އަޑުއަހާތި ދަރިފުޅާ! އެހެން މީހެއްގެ ދަނޑެއްގައި މަސައްކަތް ކުރަން ނުދާތި. މިދަނޑުގައި މަސައްކަތް ކުރާ އެހެން އަންހެން ކުދިން ގާތަށް ގޮސް އެމީހުންނާ އެކުގައި އުޅޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:8
11 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!⁠“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


އޭނާ މިތަނަށް އައިސް އެދުނީ މަސައްކަތު މީހުންނަށް ނުނެގިފައި ހުންނަ ގޮވާން ނެގުމުގެ ހުއްދައަކަށް. އެއަށް ފަހު އޭނާ ދިޔައީ ދަނޑުގައި މަސައްކަތް ކުރަމުން. އިރުއެރީއްސުރެން ފެށިގެން ހިނދުކޮޅަކަށް ހިޔަލަކަށް ވެސް ވަދެ ނުލާ. ތަނެއްގައި ފޫވެސް ޖައްސާނުލާ.⁠“


އެކުދިން އުޅޭ ތަނެއް ބަލައި އެމީހުންގެ ފަސްފަހަތުގައި އުޅޭ. އަހަރެން މިތާގައި މަސައްކަތް ކުރާ ފިރިހެނުންނަށް ކަލެއަށް އެއްވެސް ކަހަލަ ގޯނާއެއް ނުކުރުމަށް އަންގައިފިން. ކަލޭ ކަރުހިއްކައިގެންފި ނަމަ އެމީހުންގެ ފެން ރުނބާތަކުން ފެން ބުއިމުގެ ހުއްދަ ވެސް ކަލެއަށް ދީފިން.⁠“


އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”⁠ދަރިފުޅާ ޞަމޫއީލް!⁠“ ޞަމޫއީލް ޖަވާބު ދިނެވެ. ”⁠އާދެ، ސާހިބާ!⁠“


ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”⁠އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.⁠“ ”⁠ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ