Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:3 - ކިތާބުލް މުޤައްދަސާ

3 ދެން ރާޢޫތު ގޮސް ބާކީ ގޮވާން އެއްކުރުމުގެ ގޮތުން ދަނޑެއްގައި މަސައްކަތް ފަށައިފިއެވެ. ކަންދިމާވި ގޮތުން ރާޢޫތަށް މި ދެވުނީ ބޫޢަޒްގެ ދަނަޑަކަށެވެ. ބޫޢަޒްއަކީ އަލީމާލިކުގެ ތިމާގެ މީހެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:3
10 ပူးပေါင်းရင်းမြစ်များ  

އޭނާ ބުންޏެވެ. ”⁠އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ.


އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


އެންމެ ފައިސާ ފޮއްޗަކަށް ކުދި ދޫނީގެ ދެ ދޫނި ތިޔަބައިމީހުންނަށް ލިބޭ. ނަމަވެސް އެ ކުދި ދޫނިތަކުގެ ތެރެއިން އެންމެ ދޫންޏެއް ބިންމައްޗަށް ވެޓުނަސް ތިޔަބައިމީހުންގެ ބައްޕާފުޅު އެ ކަން ދެނެވޮޑިގެން ވޭ.


އެމަގުން ދަތުރުކޮށް ދިޔަ އިމާމަކަށް މިމީހާ ފެނުނު. ނަމަވެސް މީނާ އަޅާ ވެސް ނުލާ މަގުގެ އަނެއް ފަރާތުން ލާފައި އޭނާގެ މަގުން ކުރިއަށް ދިޔަ.


ވީމާ، އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙަށްޓަކައި ތިޔަބައިމީހުންގެ ކައިރީގައި އާދޭސްކޮށް ބުނަމެވެ. މިފަދަ މީހުން ރަނގަޅަށް ހަމަޖެހި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާށެވެ.


އެއްދުވަހަކު ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިދަނީ ގޮވާން އެއްކުރުމަށް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ނުނެގި އުކާލެވިފައި ހުންނަ ގޮވާން ހޮވުމުގެ ހުއްދަ ދޭނޭ ދަނޑުވެރިޔަކު ފެނޭތޯ.⁠“ ނުޢުމީ ބުންޏެވެ. ”⁠އެންމެ ރަނގަޅު. ދޭ، މަގޭ ދަރިފުޅާ.⁠“


ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ