Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:23 - ކިތާބުލް މުޤައްދަސާ

23 އެދުވަހުން ފެށިގެން ރާޢޫތު ގޮވާން ހޮވުމުގެ މަސައްކަތުގައި އުޅޭއިރު އެތާނގައި މަސައްކަތުގައި އުޅޭ ބޫޢަޒުގެ އެހެން އަންހެން ކުދިންގެ ފަސްފަހަތުގައި އޭނާ އުޅެމުން ގެންދިޔައެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ދޮނަޅައާއި ގޮދަނުގެ މޫސުން ވެސް ނިމިއްޖެއެވެ. އެހުރިހާ ދުވަހަކު ރާޢޫތު އުޅެމުން ދިޔައީ އޭނާގެ މައިދައިތައާ އެކުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:23
11 ပူးပေါင်းရင်းမြစ်များ  

އޭރު ހުރިހާ ބާރުލީއަކާއި އަދި ޝައީރުތައް ހުރީ ފޯދިފައެވެ. އެހެންކަމުން މިހުރިހާ އެއްޗެއް ވެސް ފަނާވެ ނެތިދިޔައެވެ.


ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.


ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.


އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ.


ނުޢުމީއާއި މުއާބީންގެ ދަނބިދަރި ރާޢޫތު މުއާބު ދޫކޮށް ބައިތުލަޙަމް އަށް އައިއިރު ގޮދަންކަނޑާ މޫސުން ހަމަ ކިރިޔާ ފެށުނީއެވެ.


ނުޢުމީ ރާޢޫތަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! އޭނާގެ މަސައްކަތުގައި އުޅޭ އެހެން އަންހެން ކުދިންނާއިއެކު ދަރިފުޅަށް މަސައްކަތް ކުރެވޭގޮތް ތިޔަވީ ވަރަށް ރަނގަޅަށް. އެއީ އެހެން މީހެއްގެ ދަނޑުގައި މަސައްކަތް ކުރަނިކޮށް ދަރިފުޅަށް ދިމާވާނީ ކޮންފަދަ މުސީބާތެއްކަން އެނގޭނީ ވެސް ކާކަށް.⁠“


އެއްދުވަހަކު ނުޢުމީ ރާޢޫތުއަށް ބުންޏެވެ. ”⁠މަންމަ ދަރިފުޅަށް ރަނގަޅު ފިރިޔަކު ހޯދައި ދިނުމަށް ގަސްތު ކޮށްފީން. އެމީހަކީ ދަރިފުޅުގެ ކަންތައްތައް ބަލަހައްޓާ އަދި ދަރިފުޅަށް ދިރިއުޅޭނޭ ވަޒަނެއް ވެސް ދޭނޭ މީހެއް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ