ރާޢޫތު 2:22 - ކިތާބުލް މުޤައްދަސާ22 ނުޢުމީ ރާޢޫތަށް ބުންޏެވެ. ”މަގޭ ދަރިފުޅާ! އޭނާގެ މަސައްކަތުގައި އުޅޭ އެހެން އަންހެން ކުދިންނާއިއެކު ދަރިފުޅަށް މަސައްކަތް ކުރެވޭގޮތް ތިޔަވީ ވަރަށް ރަނގަޅަށް. އެއީ އެހެން މީހެއްގެ ދަނޑުގައި މަސައްކަތް ކުރަނިކޮށް ދަރިފުޅަށް ދިމާވާނީ ކޮންފަދަ މުސީބާތެއްކަން އެނގޭނީ ވެސް ކާކަށް.“ အခန်းကိုကြည့်ပါ။ |
އެދުވަހުން ފެށިގެން ރާޢޫތު ގޮވާން ހޮވުމުގެ މަސައްކަތުގައި އުޅޭއިރު އެތާނގައި މަސައްކަތުގައި އުޅޭ ބޫޢަޒުގެ އެހެން އަންހެން ކުދިންގެ ފަސްފަހަތުގައި އޭނާ އުޅެމުން ގެންދިޔައެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ދޮނަޅައާއި ގޮދަނުގެ މޫސުން ވެސް ނިމިއްޖެއެވެ. އެހުރިހާ ދުވަހަކު ރާޢޫތު އުޅެމުން ދިޔައީ އޭނާގެ މައިދައިތައާ އެކުގައެވެ.