Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:20 - ކިތާބުލް މުޤައްދަސާ

20 ”⁠މާތްރަސްކަލާނގެ ބޫޢަޒަށް ރަޙުމަތް ލައްވާށި!⁠“ ނުޢުމީ ބުންޏެވެ. ”⁠އެކަލާނގެއީ ދިރިތިބި މީހުންނަށާއި މަރުވެފައިވާ މީހުންނަށް އޯގާވަންތަ ކަލާނގެ. ބޫޢަޒު އަކީ އަހަރެންގެ ގާތް ތިމާގެ މީހެއް. އަދި އޭނާ އަކީ އަހަރެމެންނަށް ބަލަދުއަރާ މީހުންގެ ތެރެއިން ވެސް ހިމެނޭ އެކަކު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:20
15 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ޔާބީޝްއަށް ބަޔަކު ފޮނުއްވައި އެންގެވިއެވެ. ”⁠ކަލޭމެން ސާހިބުމީހާއާ މެދު އިހުސާންތެރިވެ އެކަލޭގެފާނު ވަޅުފުޅުލައި ދިނީތީ މާތްރަސްކަލާނގެ ކަލޭމެންނަށް ބަރަކާތް ލައްވާށި.


ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.⁠“


ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.


މާތްސާހިބާއަށް އަހަރެން މިލްކުވެގެން ވުމުން އަހަރެން ނިހާޔަތަށް އުފާވަމެވެ. ސަބަބަކީ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ތިޔަބައިމީހުންގެ އެހީތެރިކަމާއި އަޅާލުން އަހަންނާ މެދުގައި ފެނިގެން ދިޔަކަމެވެ. ހަމަކަށަވަރުން ވެސް ތިޔަބައިމީހުން އަހަންނާ މެދުގައި ވިސްނާކަން އަހަންނަށް އެނގިއްޖެއެވެ. އެހެނަސް މިއަދާއި ހަމައަށް ތިޔަބައިމީހުން އަހަންނާ މެދު ވިސްނާކަން ދައްކައިދޭނޭ އިތުރު ފުރުސަތެއްމެ ލިބިފައި ނެތްމެއެވެ.


ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަދި އަހަރެން އޭނާގެ މަސައްކަތުގައި އުޅުނު އެހެން މީހުނާއިއެކު އެމީހުން ގޮވާން ހޮވާ ނިމެންދެން މަސައްކަތް ކުރުމުގެ ހުއްދަ ވެސް ދިން.⁠“


އަދި އަހަރެންނަކީ ކަލޭގެ ކަންތައް ބަލަހައްޓާން ޖެހޭ މީހާ ކަމުގައި ތިޔަބުނި ބުނުމަކީ ތެދު ވާހަކައެއް. ނަމަވެސް އަހަރެންނަށް ވުރެ ގާތް ތިމާގެ މީހަކު ކަލޭގެ މަރުހޫމް ފިރިމީހާގެ ވޭ.


މިދަރިފުޅު އުފަންވުމުން ނުޢުމީގެ ގާތް ރައްޓެހިން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެއަށް ހަމްދާއި ޝުކުރު ހުރި. މިއަދު އެކަލާނގެ ކަލެއަށް މާމަ ދަރިފުޅަކު ދެއްވައިފި. މިދަރިފުޅު ބަނީ އިސްރާއީލުގެ ހުރިހާ ކަންކޮޅުތަކެއްގައި މަޝްހޫރު ވާހުށި. މިދަރިފުޅު ކަލޭގެ ދިރިއުޅުމަށް އަލިކަމާއި ބާއްޖަވެރިކަން ގެނެސް ދޭނެ. އަދި ކަލޭ މުސްކުޅިވާ ދުވަހު ކަލެއަށް އެހީތެރިވާނެ. އޭނާގެ މަންމަ އަކީ ކަލޭގެ ދަނބިދަރިފުޅު ކަމުގައި ވީ ނަމަވެސް އޭނާ ކަލޭގެ އަމިއްލަ ހަތް ފިރިހެން ދަރިން ތިބި ކަމުގައި ވިޔަސް އެ ހުރިހާ ދަރިން ކަލޭ ދެކެ ވާނެ ލޯތްބަށް ވުރެ ވެސް މާ ބޮޑަށް ކަލެއަށް ކަމޭހިތައި ލޯބިވާނެ.⁠“


ވީމާ ކަލެއަކީ އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ ކަމުގައި ވާތީ މިބިން ގަތުމުގެ ޙައްޤު ކަލެއަށް ލިބިގެން ވޭ. ކަލޭ މި ބިން ގަތުމަށް އެދޭ ނަމަ ހަމަ މިހާރު ކަލެއަށް މިބިން ގަނެވިދާނެ. އަދި މިތިއްބެވި ދިހަ ބޮޑުންގެ މީހުންނާއި އަދި މިތާގައިވާ ހުރިހާ މީހުން އެކަމަށް ހެކިން ކަމުގައި ވާނެ. އަދި މިބިން ގަތުމަށް ކަލޭ ނޭދޭ ނަމަ މިކަން އަހަރެންނަށް އަންގައި ދިނުން ވެސް އެދެން. އެއީ ކަލެއަށް ފަހު ގާތް ތިމާގެ ގޮތުން ދެވަނައަށް ހުރި މީހަކީ އަހަރެން.⁠“ އޭނާ ޖަވާބު ދިނެވެ. ”⁠އަހަރެން އެބިން ގަތުމަށް އެދެމު.⁠“


އެމީހާ މީގެ ޖަވާބުގައި ބުންޏެވެ. ”⁠ކަންތައް އޮތީ ތިޔަހެން ކަމަށް ވާނަމަ އަހަރެން ތިޔަބިން ގަތުމަކަށް ނޭދެން. ސަބަބަކީ އަހަރެންގެ މިހާރު ވެސް އަނބި ދަރިން އެބަތިބި. އަދި ތިޔަ ބިން ރާޢޫތު އާއި އަހަރެންނަށް ލިބޭ ދަރިންގެ މެދުގައި ބަހަން ޖެހުމުން މައްސަލަ ޖެހޭނެ. ކަލޭ ތިޔަ ބިން ގަތުމަށް އަހަރެންގެ ފަރާތުން ލިބެން ޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް އަހަރެން ކަލެއަށް ދީފީމު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ