Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:14 - ކިތާބުލް މުޤައްދަސާ

14 އެދުވަހުގެ ކެއުމުގެ ވަގުތުގައި ބޫޢަޒު ރާޢޫތު އަށް ބުންޏެވެ. ”⁠މިތަނަށް އާދޭ. އައިސް ރާހުތްކޮޅެއް ޖަހައިގެން ޕާންކޮޅެއް ކައި.⁠“ ރާޢޫތު އެވަގުތު އެހެން ވެސް މަސައްކަތްތެރިންނާއި އެކު ކެއުމަށް އިށީނދެއްޖެއެވެ. ދެން ބޫޢަޒު ރާޢޫތުއަށް ހަނާކުރި ގޮވާން އަތްގޮއްޓެއް ފޯރުކޮށްލިއެވެ. އެދުވަހު ރާޢޫތު ކާނެ ވަރަކަށް ކައިފައި ބާކީވާހާ ވެސް ގިނަ ކާތަކެތި ލިބުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:14
17 ပူးပေါင်းရင်းမြစ်များ  

އެތިން މީހުން ބުންޏެވެ. ”⁠ހަނަފަސް ސަހަރާގައި ތިބި މީހުން ތިބޭނީ ވަރަށް ވަރުބަލިވެ ބަނޑުހައިވެ ފެންބޮވައިގެންފައި.⁠“ އެހެންވެ އެމީހުންނާއެކު ތިބި މީހުން ދާއޫދުގެފާނުގެ ގާތަށް ކާބޯތަކެތި ހިފައިގެން އަތުވެއްޖެއެވެ. އެމީހުން ގެންދިޔަ ތަކެތީގެ ތެރޭގައި އެނދުތަންމައްޗާއި، ގުޅިފުޅިތަކާއި، އަދި ގިނަ އަދަދެއްގެ ކާބޯތަކެތި ގެންދިޔައެވެ. އެމީހުންގެނައި ތަކެތީގެ ތެރޭގައި ގޮދަނާއި ބާރުލީއާއި އާޓާފުށާއި، ކެއްކި ކާނާއާއި ހަނާކުރި ގޮދަނާއި ތޮޅިއާއި ބަދަނާއި މާމުޔާއި ހުތްކިރާއި ކަންބަޅިތަކާއި ގެރިކިރު ޗީޒު ގެނެސްފައި ހުއްޓެވެ.


ހުރިހާ އެންމެން ހިތްހަމަޖެހޭ މިންވަރަށް ކެއުމަށް ފަހު، ނުކެވި ބާކީ ހުރި ތަކެތިން ބާރަ ވަށިގަނޑުގެ ކާތަކެތި އެއްކުރިއެވެ.


ރާޢޫތު ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.⁠“


ކައި ނިމިގެން ރާޢޫތު އެނބުރި މަސައްކަތަށް ދިއުމުން ބޫޢަޒު އޭނާގެ މަސައްކަތްތެރިންނަށް ބުންޏެވެ. ”⁠މިތާ އެއްކޮށްފައި ހުންނަ ގޮވާމުގެ ފުންޏަކުން އޭނާ ގޮވާންކޮޅެއް ނެގި ކަމުގައި ވިޔަސް ކަލޭމެން އޭނާ ނުހުއްޓުވާތި!


ރާޢޫތު މިގޮވާން ގެއަށް ގެންގޮސް އޭނާ މިއަދު ކުރި މަސައްކަތުން އެއްކުރިހާ ގޮވާން ނުޢުމީއަށް ދެއްކިއެވެ. އަދި މެންދުރުގެ ކެއުމުން ބާކީވި ކާތަކެތި ވެސް ނުޢުމީއަށް ދިނެވެ.


މީގެ ތެރޭން ދުވަހަކު ޔައްސާ އޭނާގެ ދަރި ދާއޫދުގާތު ބުންޏެވެ. ”⁠މި ބާވީސް ނާޅި ހަނާކުރި ގޮދަންވަށްޓާއި މި ދިހަ ބޯރޮށި ނިކަން އަވަހަށް ގެންގޮސް ކަލޭގެ ބޭބެމެންނަށް ދީބަލަ.


އަބީޖާއިލް ހިނދުކޮޅެއް ވެސް ލަހެއް ނުކުރިއެވެ. އޭނާ ދުއިސައްތަ ރޮއްޓާއި ދެ ހަމުގެ މޭބިސްކަދުރު ދިޔައާއި ތިރީސް ހަތް ނާޅި ހަނާކުރި ގޮދަނާއި ނޮޅާފައިވާ ފަސް ކަންބަޅިއާއި މޭބިސްކަދުރު ކޭކުގެ ސަތޭކަ ކޭކާއި ވައްތީނި ބޯކިބާގެ ދުއިސައްތަ ކޭކާއި މި އެއްޗެހި ހިމާރަތަކަށް ލައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ