ރާޢޫތު 2:13 - ކިތާބުލް މުޤައްދަސާ13 ރާޢޫތު ޖަވާބުގައި ބުންޏެވެ. ”އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.“ အခန်းကိုကြည့်ပါ။ |
ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.
އެ ހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ތިބާގެ ރަޙުމަތްތެރިކަން.“
ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.“
އެދުވަހުގެ ކެއުމުގެ ވަގުތުގައި ބޫޢަޒު ރާޢޫތު އަށް ބުންޏެވެ. ”މިތަނަށް އާދޭ. އައިސް ރާހުތްކޮޅެއް ޖަހައިގެން ޕާންކޮޅެއް ކައި.“ ރާޢޫތު އެވަގުތު އެހެން ވެސް މަސައްކަތްތެރިންނާއި އެކު ކެއުމަށް އިށީނދެއްޖެއެވެ. ދެން ބޫޢަޒު ރާޢޫތުއަށް ހަނާކުރި ގޮވާން އަތްގޮއްޓެއް ފޯރުކޮށްލިއެވެ. އެދުވަހު ރާޢޫތު ކާނެ ވަރަކަށް ކައިފައި ބާކީވާހާ ވެސް ގިނަ ކާތަކެތި ލިބުނެވެ.