Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 2:11 - ކިތާބުލް މުޤައްދަސާ

11 ބޫޢަޒު ޖަވާބުގައި ބުންޏެވެ. ”⁠ކަލޭގެ ފިރިމީހާ މަރުވީއްސުރެ ކަލޭގެ މައިދައިތާ އާއި ދޭތެރޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ އަހަރެން އެހީމު. ކަލޭގެ ބައްޕަ އާއި މަންމަ ދޫކޮށް އަދި އަމިއްލަ ރަށް ވެސް ދޫކޮށް ނުދަންނަ ބައެއްގެ ތެރެއަށް ދިރިއުޅެން މައިދައިތައާ އެކު އައީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 2:11
15 ပူးပေါင်းရင်းမြစ်များ  

މީހުން އައިސް ދާއޫދުގެފާނުގެ އަރިހުގައި ޝާއުލްގެފާނުގެ ޖާރިޔާ މިކުރާ ކަންތަކުގެ ވާހަކަ ދަންނަވައިފިއެވެ.


ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އެމީހުން ހަމައެވަގުތު އެމީހުންގެ ދޯނިތައް އެހެލުމަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި އީސާގެފާނުގެ އަރިހުގައި ދިޔައެވެ.


ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނުވަތަ ތެދުވެ ހިނގައިގަންނާށޭ މީގެ ތެރެއިން މިމީހާއާ ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟


އެކަމަކު ނުޢުމީ ބުންޏެވެ. ”⁠އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


އިސްރާއީލުގެ ވެރި މާތްރަސްކަލާނގެ ކަލޭ ތިކުރި ހެޔޮކަންތަކުގެ ބަދަލު ކަލެއަށް ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަން. އަދި ކަލޭ އެކަލާނގެ ރަސްކަންފުޅުން ރައްކާތެރިކަމަށް އެދި އައީމު. ވީމާ އެކަލާނގެ ކަލެއަށް ހެޔޮކޮށް ކަންތައް ހިންމެވުމަށް އެދި ވެސް އަހަރެން ދުޢާ ކުރަން.⁠“


ބޫޢަޒު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައި ވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކު ވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ