ރާޢޫތު 1:6 - ކިތާބުލް މުޤައްދަސާ6 މިދުވަސްވަރު މީހުންގެ ފަރާތުން ނުޢުމީއަށް އިވުނު ގޮތުގައި މާތްރަސްކަލާނގެ އިސްރާއީލުގެ މީހުންނަށް ތަނަވަސްކަން ދެއްވައި ދަނޑު ގޮވާމުގައި ބަރަކާތް ލައްވައިފިއެވެ. އެހެން ކަމުން ނުޢުމީއާއި އޭނާގެ ދެ ދަނބިދަރިން މުއާބުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް، ދިއުމަށް ދަތުރު ހަދަން ފެށިއެވެ. အခန်းကိုကြည့်ပါ။ |
ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.
އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.