Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 1:20 - ކިތާބުލް މުޤައްދަސާ

20 ނަމަވެސް ނުޢުމީ އެ މީހުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ނުޢުމީ އޭ ނުކިޔާ. އަހަރެންނަށް މުއްރަތު އޭ ކިޔާ. އެހެނީ ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލު ކޮށްލައްވައިފި.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 1:20
16 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”⁠ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


ދެން އެމީހުން މާއްރާގެ ފެންއާރާ ހަމައަށް އައިސް ރަހަބަލާލިއިރު އެފެން ހިތިކަމުން ބޮވޭވަރެއް ނުވެއެވެ. އެހެންވެ އެމީހުން އެތަނަށް މާއްރާ އޭ ކިޔާ ނަންދިނެވެ.


އަހަރެން އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކުރިމައްޗަށް ފާޅުވީ ކުޅަދުންވަންތަ ކަލާނގެ ގޮތުގައި. އެހެނެއްކަމަކު އެބޭކަލުންނަށް އަހަރެންގެ ނަމަކީ ޔަހޫވޭ ކަމެއް ނުއެއް އަންގަން.


އިސްލާހު ކުރެވުމަކީ މަޖާކަމެއް ނޫނެވެ. އެކަންތައް ދިމާވުމުން އެއީ ވޭންހުރިވެސް ކަމެކެވެ. އެކަމަކު އެފަދަ އަދަބަކާ ކުރިމަތިވެ ތަރުބިއްޔަތު ލިބޭ މީހުންނަށް ޞާލިޙު ދިރިއުޅުމެއްގެ އުފާ ފާގަތިކަން ލިބިގެން ދެއެވެ.


ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.⁠“


އެ ސަހަރުގެ ތެރެއިން ބައިތުލް މަޤްދިސް އަހަންނަކަށް ނުފެނެއެވެ. ސަބަބަކީ އެ ސަހަރުގައި ހުރި ބައިތުލް މަޤްދިސްއަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވުމެވެ. އަދި ޅަކަންބަޅި ކަމުގައި ވުމުން ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ