19 ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ހަމަ އެ ނުޢުމީ ތަ؟“
އީސާގެފާނު ޖެރޫސަލަމަށް ވަދެވަޑައިގެންނެވި ހިނދު އެ ސަހަރުގައި ތިބި ހުރިހާ އެންމެން ޙައިރާންވެ އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ކޮންބޭކަލެއްބާ؟“
ނަމަވެސް ނުޢުމީ އެ މީހުންނަށް ބުންޏެވެ. ”އަހަރެންނަށް ނުޢުމީ އޭ ނުކިޔާ. އަހަރެންނަށް މުއްރަތު އޭ ކިޔާ. އެހެނީ ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލު ކޮށްލައްވައިފި.
އެމީހާ ބޫޢަޒުއަށް ބުންޏެވެ. ”އެއީ ނުޢުމީއާއި އެކު މުއާބުން އައި ކުއްޖެއް.