ރާޢޫތު 1:17 - ކިތާބުލް މުޤައްދަސާ17 އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!“ အခန်းကိုကြည့်ပါ။ |
އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“
ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.“
އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.
ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ.
ބައްޕަ ކޯފާވެފައި ހުންނެވި ނަމަ އެކަން ކަލެއަށް އަންގައި ކަލެއަށް ރައްކާތެރިކަން ދޭނަން. މި ގޮތުގެ މަތިން އަހަރެން ކަންތައް ނުކޮށްފިނަމަ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ކިތަންމެ ބޮޑު ކޯފާއެއް ފޮނުއްވިޔަސް ހެޔޮ. އަހަރެންގެ ބައްޕައާއެކު މާތްރަސްކަލާނގެ ވޮޑިގެން ވީފަދައިން ކަލެއާއެކު ވެސް އެކަލާނގެ ވޮޑިގެން ވާށި.