Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 1:16 - ކިތާބުލް މުޤައްދަސާ

16 ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”⁠އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 1:16
23 ပူးပေါင်းရင်းမြစ်များ  

އެކަމަކު އިއްތާއީ ރަސްގެފާނަށް ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެންވާހައި ހިނދަކު ކަލޭގެފާނު ދުނިޔޭގައި ހުރިހާތައް ދުވަހު އަޅުގަނޑު ހުންނާނީ ކަލޭގެފާނާއެކު. އަޅުގަނޑު ދުނިޔޭގައި ހުއްޓަސް އަދި މަރުވިޔަސް.⁠“


ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.


އެ ހިނދު ދީނުގެ ދަންނަބޭކަލަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ކަލޭގެފާނުގެ ފަހަތްޕުޅުން އަޅުގަނޑު ދާނަން.⁠“


ޕަތަރަސް ދެންނެވިއެވެ. ”⁠މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.⁠“


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.⁠“


ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ.


އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.


ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”⁠ކަލޭގެ ފަހަރިކޮއި ވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟⁠“


އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!⁠“


އެމީހާ ބޫޢަޒުއަށް ބުންޏެވެ. ”⁠އެއީ ނުޢުމީއާއި އެކު މުއާބުން އައި ކުއްޖެއް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ