Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 1:14 - ކިތާބުލް މުޤައްދަސާ

14 ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 1:14
22 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ ކާފަދަރިންނާއި އަންހެން ދަރިންނަށް ވަދާޢުގެ ބޮސްދިނުމުގެ ފުރުސަތު ވެސް އަހަރެންނަށް ތިބާ ނުދިނީމު. ޙަޤީޤަތުގައި ތިޔަކުރީ ވަރަށް ތާކުންތާކު ނުޖެހޭ މޮޔަ ކަމެއް.


ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ލަބާން އޭނާގެ ދެ އަންހެން ދަރިންނާއި އަދި ކާފަ ދަރިންނަށް ބޮސްދީ ވަދާޢުގެ ސަލާމްކުރުމަށް ފަހު އޭނާގެ ސަހަރަށް ދިއުމަށް ފުރައިފިއެވެ.


ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.


ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


އަހަރެންނަށް ވުރެން ބޮޑަށް މައިންބަފައިން ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. އަހަރެންނަށް ވުރެން ބޮޑަށް ފިރިހެން ދަރިފުޅާއި އަދި އަންހެން ދަރިފުޅު ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.


އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ.


ނަމަވެސް އެތަނުގައި ތިބި ބައެއް މީހުން ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ. އޭގެ ތެރެއިން އެކަކީ އެރަށުގެ ވެރިންގެ ތެރެއިން ވީ ދިޔޮނީސް އޭކިޔުނު މީހެކެވެ. އަދި އޭގެ އިތުރުން އެރަށުގެ ދަމަރީސްއޭ ކިޔުނު އަންހެނަކާއި އެހެން ވެސް އިތުރު ބަޔަކު ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


އަހަރެމެންނަކީ ފުރަގަސްދީ ގޮސް ގެއްލުމުގެ ތެރެއަށް ހުރަހެޅިގަންނަ މީހުންނެއް ނޫނެވެ. އަހަރެމެން ތިބޭނީ އީމާންކަން މަތީގައެވެ. އެހެންކަމުން އަހަރެމެންނަކީ ސަލާމަތް ކުރައްވާނެ ބައެކެވެ.


ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”⁠ކަލޭގެ ފަހަރިކޮއި ވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟⁠“


އެމީހުން އުޅުނުތަން ދޫކޮށް ޔަހޫޛާއަށް ދަތުރު ކުރުމުގެ މަގުމައްޗަށް ނުކުމެއްޖެއެވެ.


ބޫޢަޒު ޖަވާބުގައި ބުންޏެވެ. ”⁠ކަލޭގެ ފިރިމީހާ މަރުވީއްސުރެ ކަލޭގެ މައިދައިތާ އާއި ދޭތެރޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ އަހަރެން އެހީމު. ކަލޭގެ ބައްޕަ އާއި މަންމަ ދޫކޮށް އަދި އަމިއްލަ ރަށް ވެސް ދޫކޮށް ނުދަންނަ ބައެއްގެ ތެރެއަށް ދިރިއުޅެން މައިދައިތައާ އެކު އައީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ