Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ރާޢޫތު 1:12 - ކިތާބުލް މުޤައްދަސާ

12-13 ދަރިފުޅުމެންނޭ. ތިޔަ ދެކުދިން އެނބުރި ރަށަށް ދޭ. އަހަރެން އަލުން ކައިވެންޏެއް ކުރާވަރަށް ވުރެން މާ މުސްކުޅިވެއްޖެ. އަދި ކިއެއްތަ، އަހަރެން މިރޭ ކައިވެންޏެއް ކޮށް ފިރިހެން ދަރިންތަކެއް ލިބުނަސް، އެކުދިން ކައިވެންޏެއް ކުރެވޭވަރަށް ބޮޑެތިވާ ދުވަހެއްގެ އިންތިޒާރުގައި ތިޔަކުދިންނަށް ތިބެވިދާނެތަ؟ ނޫން، މަންމަގެ ދަރިންނޭ. ދަރިފުޅުމެންގެ ޙަޔާތަށް ވުރެ މަންމަގެ ޙަޔާތް މިވަނީ މާ ދަތިކޮށް. އެހެނީ މާތްރަސްކަލާނގެ މަންމައަށް ފުރަގަސް ދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ރާޢޫތު 1:12
5 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


މިއަށް ފަހު ޔަހޫޛާ އޭނާގެ ދަނބިދަރިފުޅު ތާމާރުއަށް މިފަދައިން ބުންޏެވެ. ”⁠ކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ގޮސް އަދި އެގޭގައި ކަނބުލޭގެ ދިރިއުޅުމާއިގެން ކުރިއަށްދޭ. ނަމަވެސް އަހަރެންގެ ހަގު ފިރިހެން ދަރިފުޅު ޝީލަތު ބާލިޣުވުމަށް ދާންދެން އިތުރު ކައިވެންޏެއްނުކޮށް ކަނބުލޭގެ މަޑުކުރޭ.⁠“ ނަމަވެސް ޔަހޫޛާ މި ގޮތަށް ހެދުމަކަށް ގަސްދެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ދޮށީ ދެފިރިހެން ދަރިން ނިޔާވެދިޔަ ފަދައިން ޝީލަތު ވެސް ނިޔާވެދާނޭތީ އެކަމުގެ ބިރު އޭނާގެ ހިތުގައި ވުމުންނެވެ. އެހެންވީމާ، ޔަހޫޛާގެ އެދުމުގެ މަތިން ޘާމާރު އެކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ދިޔަމެއެވެ.


މިފަދައިން ހުވަފަތް އަންހެނުންގެ ތެރެއިން ހިމަނަން ޖެހޭނީ އެމީހެއްގެ އުމުރުން ފަސްދޮޅަސް އަހަރަށް ވުރެން ދުވަސްވީ އަދި ކައިވެނީގައި ވަފާތެރިކަމާއެކުގައި ދެމިތިބި އަންހެނުންނެވެ.


އެކަމަކު ނުޢުމީ ބުންޏެވެ. ”⁠އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ