ހާމަކޮށްދެއްވުންތަކެއް 9:4 - ކިތާބުލް މުޤައްދަސާ4 ދުނިޔޭގެ ބިމުގައިވާ ވިނަތަކަށް ގެއްލުން ނުދިނުމަށް ގޮއްފުޅަނގިތަކަށް ވަނީ އެންގިފައެވެ. ނުވަތަ ބޮޑެތި ގަސްތަކާއި އަދި އެހެނިހެން ވެސް ކުދި ގަސްތަކަށް ވެސް މެއެވެ. ގެއްލުން ދިނުމަށް އެތަކެއްޗަށް އެންގިފައި ވަނީ މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ޖެހިގެންނުވާ މީސްތަކުންނަށް އެކަންޏެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.
އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!“
އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.