3 އެ ދުންތަކުން ގޮއްފުޅަނގިތައް ބޭރުވެ ދުނިޔެއަށް ފޭބިއެވެ. ނަގުލަންދާށިތައް ފަދައިން ކަށިޖެހުމުގެ ބާރު އެތަކެއްޗަށް ވެސް ލިބިދީފައި ވިއެވެ.
ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ.
މި ގޮއްފުޅަނގިތަކަށް މިފަދަ މީސްތަކުންނަށް ފަސް މަސްދުވަސް ވަންދެން ނަގުލަންދާށި ކަށި ޖެހުމުން ލިބޭ ފަދަ ގަދަ ވޭން ދިނުމަށް ހުއްދަ ކުރެވިފައި ވިއެވެ. ނަމަވެސް އެބައިމީހުން މަރާލުމަށް އެތަކެއްޗަށް ހުއްދަ ކުރެވިފައި ނުވެއެވެ.
މި ގޮއްފުޅަނގިތައް ސިފަކުރެވެނީ ހަނގުރާމައަކަށް ތައްޔާރުވެ ތިބި އަސްތަކެއް ފަދައިންނެވެ. އެތަކެތީގެ ބޮލުގައި ރަން ތާޖުތަކެއް ފަދަ އެއްޗެހިތަކެއް އެޅިގެންވިއެވެ. އަދި އެތަކެތީގައި އިންސާނީ މޫނުތަކެއް ފަދައިން މޫނުތަކެއް ލެވިފައި ވިއެވެ.