ހާމަކޮށްދެއްވުންތަކެއް 9:2 - ކިތާބުލް މުޤައްދަސާ2 އެ ތަރި އެ ފޫނެތް ފުން ވަޅުގަނޑުގެ ދޮރު ހުޅުވިއެވެ. އަދި އެ ފުން ވަޅު ވެސް ވަނީ ދުމުން ފުރިފައެވެ. ބޮޑު ދުންހޮޅިއަކުން ދުން ނުކުންނަ ފަދައިންނެވެ. އެ ފޫނެތް ފުން ވަޅުން ނުކުތް ދުމުން އިރުގެ އަލިކަމާއި އަދި ވައި ވަނީ ބަނަ ވެފައެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“
އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.
އަހަރެންނަށް ފެނިގެންވި އިލްހާމްގައި އެ އަސްތަކާއި އަދި އޭގެ އަސްވާރުންގެ މޭމަތީގައި އެޅިފައިވާ ދަހަނާ އަނގުރު އަލިފާން ފަދައިން ރަތްކުލައާއި، ނީލަމް ފަދަ ނޫކުލައާއި، އަދި ކައްސަނދުވާނި ފަދަ ރީނދޫ ކުލައިގައި ވިއެވެ. އެއަސްތަކުގެ ބޯތައް ސިންގާއެއްގެ ބޯ ފަދައިން ވިއެވެ. އަދި އެ އަސްތަކުގެ އަނގައިން އަލިފާނާއި، ދުމާއި، ކައްސަނދުވާނި ނުކުތެވެ.