ހާމަކޮށްދެއްވުންތަކެއް 9:18 - ކިތާބުލް މުޤައްދަސާ18 އިންސާނީ ޙަޔާތުގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައީ އެތިން މުސީބާތްތަކުންނެވެ. އެއީ އެއަސްތަކުގެ އަނގައިން ނުކުމެ ނުކުމެ ހުރި އަލިފާނާއި ދުމާއި އަދި ކައްސަނދުވާނިންނެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.
އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.
އަހަރެންނަށް ފެނިގެންވި އިލްހާމްގައި އެ އަސްތަކާއި އަދި އޭގެ އަސްވާރުންގެ މޭމަތީގައި އެޅިފައިވާ ދަހަނާ އަނގުރު އަލިފާން ފަދައިން ރަތްކުލައާއި، ނީލަމް ފަދަ ނޫކުލައާއި، އަދި ކައްސަނދުވާނި ފަދަ ރީނދޫ ކުލައިގައި ވިއެވެ. އެއަސްތަކުގެ ބޯތައް ސިންގާއެއްގެ ބޯ ފަދައިން ވިއެވެ. އަދި އެ އަސްތަކުގެ އަނގައިން އަލިފާނާއި، ދުމާއި، ކައްސަނދުވާނި ނުކުތެވެ.