ހާމަކޮށްދެއްވުންތަކެއް 9:17 - ކިތާބުލް މުޤައްދަސާ17 އަހަރެންނަށް ފެނިގެންވި އިލްހާމްގައި އެ އަސްތަކާއި އަދި އޭގެ އަސްވާރުންގެ މޭމަތީގައި އެޅިފައިވާ ދަހަނާ އަނގުރު އަލިފާން ފަދައިން ރަތްކުލައާއި، ނީލަމް ފަދަ ނޫކުލައާއި، އަދި ކައްސަނދުވާނި ފަދަ ރީނދޫ ކުލައިގައި ވިއެވެ. އެއަސްތަކުގެ ބޯތައް ސިންގާއެއްގެ ބޯ ފަދައިން ވިއެވެ. އަދި އެ އަސްތަކުގެ އަނގައިން އަލިފާނާއި، ދުމާއި، ކައްސަނދުވާނި ނުކުތެވެ. အခန်းကိုကြည့်ပါ။ |
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.
ފަސްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޔަމަނު ޢަޤީޤެކެވެ. ހަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ރަތް ކުލައިގެ ޢަގީދެކެވެ. ހަތްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ސުލައިމާނެކެވެ. އަށްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފެންފިޔާޒެކެވެ. ނުވަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފުސްފަރާގު އެކެވެ. ދިހަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޒަބަރުޖުދު އެކެވެ. އެގާރަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފީރޯޒް އެކެވެ. ބާރަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ހަޖަރުކަރީމު އެކެވެ.
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“