Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 9:15 - ކިތާބުލް މުޤައްދަސާ

15 އެހެންކަމުން އެއަހަރުގެ އެމަހުގެ އެދުވަހުގެ އެގަޑިއަށް ތައްޔާރު ކޮށްފައިވީ ހަތަރު މަލާއިކަތުން ދޫކޮށްލެވުނެވެ. އެ މަލާއިކަތުން މިނިވަން ކުރެވިގެންވީ އިންސާނީ ދަރިފަސްކޮޅުގެ ތިން ބައިކުޅަ އެއްބައި މަރާލުމަށްވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 9:15
9 ပူးပေါင်းရင်းမြစ်များ  

އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.


އެއަށް ފަހު، ތިންވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ދަންމަރެއް ފަދައިން އަނދަމުން ދިޔަ ބޮޑު ތަރިއެއް އުޑުން ވެއްޓުނެވެ. އަދި އޭގެ ތިން ބައިކުޅަ އެއްބައި ކޯރުގެ ތެރެއަށާއި ފެންއާރުތަކުގެ ތެރެއަށް ވެއްޓުނެވެ.


އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.


ދެވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އަލިފާން ހިފާފައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއް ކަނޑަށް އެއްލާލެވުނެވެ. ކަނޑުގެ ތިން ބައިކުޅަ އެއްބައި ލެއަށް ބަދަލުވެގެން ދިޔައެވެ.


ކަނޑުގައި އުޅުނު ދިރޭ ތަކެތީގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައެވެ. އަދި ކަނޑުމަތީ އުޅަނދުފަހަރުގެ ތިން ބައިކުޅަ އެއްބައި ހަލާކުވެ ދިޔައެވެ.


އެތަކެތީގެ ނަގޫ ނަގުލަންދާށީގެ ކަށިފަދައިން ވިއެވެ. އަދި ފަސްމަސް ދުވަސްވަންދެން އެތަކެތީގެ ކަށިތައް މީހުންގެ ގަޔަށް ޖެހުމުގެ ބާރު ވަނީ އެތަކެއްޗައް ދެއްވާފައެވެ.


އިންސާނީ ޙަޔާތުގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައީ އެތިން މުސީބާތްތަކުންނެވެ. އެއީ އެއަސްތަކުގެ އަނގައިން ނުކުމެ ނުކުމެ ހުރި އަލިފާނާއި ދުމާއި އަދި ކައްސަނދުވާނިންނެވެ.


މި ގޮއްފުޅަނގިތަކަށް މިފަދަ މީސްތަކުންނަށް ފަސް މަސްދުވަސް ވަންދެން ނަގުލަންދާށި ކަށި ޖެހުމުން ލިބޭ ފަދަ ގަދަ ވޭން ދިނުމަށް ހުއްދަ ކުރެވިފައި ވިއެވެ. ނަމަވެސް އެބައިމީހުން މަރާލުމަށް އެތަކެއްޗަށް ހުއްދަ ކުރެވިފައި ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ