Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 8:8 - ކިތާބުލް މުޤައްދަސާ

8 ދެވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އަލިފާން ހިފާފައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއް ކަނޑަށް އެއްލާލެވުނެވެ. ކަނޑުގެ ތިން ބައިކުޅަ އެއްބައި ލެއަށް ބަދަލުވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 8:8
13 ပူးပေါင်းရင်းမြစ်များ  

އަހަރެން ބުނަންތަ؟ ތިޔަބައިމީހުން މި ފަރުބަދައަށް ’⁠އޭގެ އަމިއްލަ ޒާތުގައި މުލުންލުހިގެންގޮސް ކަނޑަށް ވެއްޓިބަލާށޭ.⁠‘ ބުނެވިދާނެ. އެމީހެއްގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި އެމީހާ ބުނާ ބުނުމާއި އެއްފަދައިން ކަންތައްވާނެ ކަމުގެ އީމާންތެރިކަން އެމީހާގެ ހުންނަން ޖެހޭނެ. އެހެން ކަމުގައިވާނަމަ މާތްރަސްކަލާނގެ އެމީހަކަށްޓަކައި އެފަދަ ކަންތައްތައް ކޮށްދެއްވާނެ.


މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.


އެ ޑްރޭގަންގެ ނަގުލުން ތަރިތަކުގެ ތިން ބައިކުޅަ އެއްބައި ތަރި އުޑުން ދަމައިގަނެ، އެ ތަރިތައް ދުނިޔެއަށް އެއްލާލިއެވެ. އެ ޑްރޭގަން އެކަނބުލޭގެ ކުރިމަތީގައި ހުއްޓެވެ. އެ އެކަނބުލޭގެ ވިހެއުމުން އޭނާ ވިހާ ދަރި ކައިލުމަށްޓަކައެވެ.


އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.


އެހެންކަމުން އެއަހަރުގެ އެމަހުގެ އެދުވަހުގެ އެގަޑިއަށް ތައްޔާރު ކޮށްފައިވީ ހަތަރު މަލާއިކަތުން ދޫކޮށްލެވުނެވެ. އެ މަލާއިކަތުން މިނިވަން ކުރެވިގެންވީ އިންސާނީ ދަރިފަސްކޮޅުގެ ތިން ބައިކުޅަ އެއްބައި މަރާލުމަށްވެސް މެއެވެ.


އިންސާނީ ޙަޔާތުގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައީ އެތިން މުސީބާތްތަކުންނެވެ. އެއީ އެއަސްތަކުގެ އަނގައިން ނުކުމެ ނުކުމެ ހުރި އަލިފާނާއި ދުމާއި އަދި ކައްސަނދުވާނިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ