Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 8:7 - ކިތާބުލް މުޤައްދަސާ

7 އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 8:7
29 ပူးပေါင်းရင်းမြစ်များ  

މޫސާގެފާނު ފިރުޢައުނުގެ އަރިހުން ރަށްބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އެއާ އެކު ގުގުރުމާއި ވިދުމާއި ގަނޑުފެނުގެ ތޫފާން މައިތިރިވެއްޖެ އެވެ. އޮހެމުން ދިޔަ ވާރޭ ވެސް ހުއްޓާލައިފި އެވެ.


މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠އިންސާނުން ވަނީ ވިނަތަކެއްފަދައިންނެވެ. އެބައިމީހުންގެ ރީތިކަން ފަނޑުވެގެންދަނީ މާމެލާމެލީގެ ރީތިކަން ފަނޑުވެދާ ފަދަ އަވަސްކަމާއެކުގައެވެ. ވިނަ މިލައިމޯޅިވެދެއެވެ. އަދި މާމެލާމެލި ވެރި ދެއެވެ.


އެ ޑްރޭގަންގެ ނަގުލުން ތަރިތަކުގެ ތިން ބައިކުޅަ އެއްބައި ތަރި އުޑުން ދަމައިގަނެ، އެ ތަރިތައް ދުނިޔެއަށް އެއްލާލިއެވެ. އެ ޑްރޭގަން އެކަނބުލޭގެ ކުރިމަތީގައި ހުއްޓެވެ. އެ އެކަނބުލޭގެ ވިހެއުމުން އޭނާ ވިހާ ދަރި ކައިލުމަށްޓަކައެވެ.


ފުރަތަމަ މަލާއިކަތާ ވަޑައިގެން އެ މަލާއިކަތާގެ ބޯތަށިކޮޅު ދުނިޔޭގެ ބިމަށް އޮއްސާލެއްވިއެވެ. އެ ހިނދު، ކަނޑު ދާއްބައާއި އޭނާގެ ސޫރައަށް އަޅުކަންކުރި މީހުންނާއި އަދި އޭތީގެ ފާހަގަ ޖެހިފައިވާ މީސްތަކުންގެ ހަށިގަނޑުގައި ނުހަނު ހުތުރު ދޮސްހެދިފައިވާ ފާރުތަކެއް އުފެދުނެވެ.


ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.


އަހަރެން ބަލާލީމެވެ. އެތަނުގައި ފަނޑު ފެހި ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ މަރެވެ. އަދި މަރުގެ މަންޒިލް ފަސްފަހަތުގައި ވިއެވެ. މިބައިމީހުންނަށް ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިގެ މައްޗަށް އަމުރުވެރިކަން ލިބިގެންވިއެވެ. އެއީ ހަނގުރާމައިގައި މީހުން ގަތުލު ކުރުމުގައްޔާއި، ތަދުމަޑުކަމުގައްޔާއި ބަލިމަޑު ކަމުގައި މީހުން މެރުމަށާއި އަދި ވަލުޖަނަވާރު މެދުވެރިކޮށް މީހުން މެރުމަށެވެ.


އެއަށް ފަހު، ހަތަރު މަލާއިކަތުން ދުނިޔޭގެ ހަތަރު ކަނުގައި ހަތަރު ވައި ހިފަހައްޓަވައިގެން ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ. މިހެންވުމުން ކަނޑަށާއި ގަސްގަހާގެހީގެ އިތުރުން ދުނިޔޭގެ އެއްވެސް ތަނަކަށް ވައެއް ނުޖެހޭނެއެވެ.


އެހެންކަމުން އެއަހަރުގެ އެމަހުގެ އެދުވަހުގެ އެގަޑިއަށް ތައްޔާރު ކޮށްފައިވީ ހަތަރު މަލާއިކަތުން ދޫކޮށްލެވުނެވެ. އެ މަލާއިކަތުން މިނިވަން ކުރެވިގެންވީ އިންސާނީ ދަރިފަސްކޮޅުގެ ތިން ބައިކުޅަ އެއްބައި މަރާލުމަށްވެސް މެއެވެ.


އިންސާނީ ޙަޔާތުގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައީ އެތިން މުސީބާތްތަކުންނެވެ. އެއީ އެއަސްތަކުގެ އަނގައިން ނުކުމެ ނުކުމެ ހުރި އަލިފާނާއި ދުމާއި އަދި ކައްސަނދުވާނިންނެވެ.


ދުނިޔޭގެ ބިމުގައިވާ ވިނަތަކަށް ގެއްލުން ނުދިނުމަށް ގޮއްފުޅަނގިތަކަށް ވަނީ އެންގިފައެވެ. ނުވަތަ ބޮޑެތި ގަސްތަކާއި އަދި އެހެނިހެން ވެސް ކުދި ގަސްތަކަށް ވެސް މެއެވެ. ގެއްލުން ދިނުމަށް އެތަކެއްޗަށް އެންގިފައި ވަނީ މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ޖެހިގެންނުވާ މީސްތަކުންނަށް އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ